ކުޅިވަރު

އާސެނަލް ބަލިކޮށް ޓޮޓްނަމުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލިގުން ޖާގައެއް ހޯދުމަށް ޓޮޓްނަމް ހޮޓްސްޕާއިން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެތީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނެިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސްޕަރސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސްޕަރސްއަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށް ސްޕަރސްގެ ލީޑު ފުޅާކޮށްދިނީވެސް ކޭންއެވެ. އަދި މިމެޗްގައި ސްޕަރސްއިން ޖެހި ފަހު ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ސޮން ހެއުންގ މިން އެވެ. މިމެޗްގެ 33 ވަނަ މިނެޓްގައި އާސެނަލްގެ ރޮބް ހޯލްޑިންގއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.

މިކާމިޔާބީއާއެކު ސްޕަރސްއަށް މިހާރުވަނީ ކުޅުނު 36 މެޗުން 65 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ދެމެޗް އޮތުމާއެކު ޗެމްޕިއަންސް ލިގުގެ ފަހު ޖާގަ ހޯދުމަށް ތާވަލްގެ ހަތަރު ވަނައަށް ކުރަމުންދާ އުންމީދުމިވަނީ އާވެފައެވެ. ނަމަވެސް ހަތަރު ވަނައިގާ އުޅޭ އާސެނަލް 66 ޕޮއިންޓް ލިބިފައިވުމުން އެޓީމަށް ބާކީ އޮތް ދެމެޗް ކާމިޔާބު ކޮށްފިނަމަ އެފުރުސަތު ސްޕަރސްގެ ބަދަލުގައި ލިބިގެންދާނީ އާސެނަލްއަށެވެ.

އެހެން ކަމުން މިފަހަރު ޕްރިމިއަރ ލީގު ފަހު ދެމެޗާއި ކުރިމަތިލާއިރު ތިން ދިމާއަކުނ ވަރަށް ފޯރިގަދަ ވާދަވެރިކަމެއް މިވަނީ އުފެދިފައެވެ. އެގޮތުން ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަން އެންމެ ފަހު މެޗާހަމައަށް ކުރިއަށް ދާނެކަމަށް ބެލެވިފައިވާއިރު، ސްޕަރސް އާއި އާސެނަލްގެ މެދުގައި ހަތަރު ވަނަ މަގާމަށް ކުރަމުންދާ ވާދަވެސް ފަހު މެޗާހަމައަށް ދެމިގެންދިުން މިހާރު ވަރަށް ގާތެވެ.

ތިންވަނަ ކުރިމަތިލުމެއް އުފެދިފައިވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ލީޑްސް ޔުނައިޓެޑާއި ބާރންލީ އާދި އެވަޓަންގެ މެދުގައެވެ. މިތިން ޓީމްގެ ތެރެއިނ ކޮންމެވެސް އެއްތީމެއް މިސީޒަންގައި ރެލިގޭޓްވާނެކަން މިހާރު ޔަގީން ވފައިވީ ނަމަވެސް، އެއީ ކޮން ޓީމެއްކަން އެނގިގެންދާނީ ފަހު މެޗާއެކުކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވއެވެ.