ކުޅިވަރު

ޔުނައިޓެޑުގެ އަމާޒު ޑި ޔޮންއަށް


މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ޓާގެޓްކުރާނެ ކުޅުންތެރިއަކީ ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ކަމަށް އިނގިރޭސި މީޑިޔާ ތަކުން ބުނަންފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މާލީ ގޮތުން ކްލަބް ރަނގަޅު ހާލަތަކަށް ގެންނަން ބާސެލޯނާ އިން ކުޅުންތެރިންތަކެއް ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޑި ޔޯން ހިމެނެއެވެ. ޔުނައިޓެޑަށް ގަންނަން އެންމެ ބޮޑަށް ބާރުއަޅަނީ އަންނަ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވާން ނިންމާފައިވާ ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް އެވެ. ޓެން ހާގް ވަނީ މީގެ ކުރިން އޭނާއާ އެކު އަޔަކްސްގައި މަސައްކަތް ކޮށްފައެވެ.

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޑި ޔޯން ހޯދަން ބާސެލޯނާ އިން އަޔަކްސް އަށް 83 މިލިއަން ޑޮލަރުގެ ފީ އެއް ދެއްކި އެވެ.

ޑި ޔޯން ގަންނަން ޔުނައިޓެޑުން 75 މިލިއަން ޑޮލަރު ދައްކަން ތައްޔާރަށް އޮތް ކަމަށް މީޑިޔާ ރިޕޯޓްތަށް ވަނީ ބުނެފައެވެ.