ކުޅިވަރު

ލީޑްސްގެ މައްޗަށް ޗެލްސީން ކުރިހޯދައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަތަރު ވަނަ މިނެޓްގައި ޖަހާދިނީ މޭސަން މައުންޓް އެެވެ. ދެވަނަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. އަދި ފަހު ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ރޮމެލޫ ލުކާކޫއެވެ. މިމެޗްގައި ލީޑްސްގެ ޑެނިއަލް ޖޭމްސްއަށް ވަނީ ނުރައްކާތެރި ފައުލެއް ކުރުމާއި ގުޅިގެން ފުރަތަމަ ހާފްގެ މެދުތެރޭގައި ރަތް ކާޑު ދައްކާފައެވެ.

މިކާމިޔާބީއާއެކު ޗެލްސީއަށް މިޙާރު ވަނީ ކުޅުނު 36 މެޗުން 70 ޕޮއިންޓް ލިބި ތާވަލްގެ ތިންވަނައިގައެވެ. އަދި މިރޭ އާސެނަލް އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރާ މެޗުން ސްޕަރސް މޮޅު ނުވެއްޖެނަމަ ޗެލްސީއަށް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ވެގެން ދާނެއެވެ. މިމެޗުން ބަލިވުމުން ލީޑްސްއަށް މިހާރު އުޅެނީ 36 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.