ކުޅިވަރު

ކުޑައްޓޭ ވެލެންސިޔާއަށް


މިޑްފީލްޑަރ މުޙައްމަދު ޝިފާން ކްލަބް ވެލެންސިޔާއަށް ބަދަލުވެއްޖެއެވެ. ކުރިއަށް އޮތް ސީޒަންގައި ފެންނާނީ ވެލެންސިޔާއިންކަން ޤައުމީ ޓީމްގް ކުރީގެ މިޑްފީލްޑަރ ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ ކްރީގެ ކްލަބް ނިއުރޭޑިއަންޓުންވެސް ވަނީ އޭނާގެ އެއްބަސްވުމުގައި އެއްއަހަރު އޮއްވައި، ޝިފާންގެ އެދުމުގެ މަތީން ވެލެންސިޔާއަށް ބަދަލުވުމުގެ ފުރުޞަތުދީފައިވާކަން ކަށަވަރުކޮށްދީފައެވެ. މައުލޫމާތުލިބޭގޮތުގައި ޝިފާން ދޫކޮށްލީ ޓްރާންސްފަރ ފީއަކާއެކުގައެވެ. ޝިފާންއަކީ ނިއުއިން ކެރިއަރު ފަށައި، ނިއުގައި ކެރިއަރުގެ ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް ވިކްޓްރީއާއި ވެލެންސިޔާއަށްވެސް އޭނާ ކުޅެފައިވެއެވެ. އާސީޒަނަށް ނިއުރޭޑިއަންޓްގެ ފަރިތަކުރުންތައް ފަށާފައިވާއިރު ކްލަބްގެ ސީނިއަރ ގިނަ ކުޅުންތެރިން ވަނީ ކްލަބް ދޫކޮށްލާފައެވެ. ބަދަލުގައި ކްލަބަށް ގެނައީ ތަޖުރިބާކާރު މަދު ކުޅުންތެރިންތަކަކާއި، ޒުވާން ގިނަ ކުޅުންތެރިންތަކެކެވެ. ޝިފާންއަކީ ނިއު ދޫކޮށް ކުރިއަށް އޮތް ސީޒަނަށް ވެލެންސިޔާއަށް ބަދަލުވި ދެވަނަ ކުޅުންތެރިޔާއެވެ. ޑިފެންޑަރ ޝާފިއު އަހުމަދުވެސް ބަދަލުވީ ވެލެންސިޔާއަށެވެ.