ކުޅިވަރު

ލެސްޓާ ބަލިކޮށް އެވަޓަން ރެލިގޭޝަނާ ދުރަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ރެލިގޭޝަނާ ކުޑަކޮށް ދުރަށް އެވަޓަން ޖެހިލައިފިއެވެ.

ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެވަޓަނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ވިޓާލީ މައިކޮލެންކޯއެވެ. ނަމަވެސް ލަނޑު ޖެހިތާ ފަސް މިނެޓްފަހުން ޕެޓްސަން ޑާކާ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ލެސްޓަރއިން ހަމަހަމަކުރިއެވެ.

މިމެޗުން އެވަޓަން މޮޅުވި ލަނޑު މެޗްގެ 30 ވަނަ މިނެތްގައި ޖަހާދިނީ މޭސަން ހޯލްގޭޓްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އެވަޓަންއަށް މިހާރުވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އާސެނަލް އަތުން ރޭ ބަލިވި ލީޑްސް ޔުނައިޓެޑް މިހާރު ވަނީ 18 ވަނައަށް ވެއްޓިފައެވެ. ލެސްޓަރ އުޅެނީ ކުޅުނު 42 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.