ކުރިއަށް މިއޮތް ފަސްގަޑި އިރުތެރޭގައި ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައިވާއިރު ލ.އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދަށްވަނީ ޔެލޯ އެލަރޓްވެސް ނެރެފައެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުން މިއަދު މެނދުރުފަހު 2 ޖެހުމާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ. އަދި މިސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.
ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި ތޫފާނަކަށް ބަދަލުވެފައިވާ ދެ ކޮޅިގަނޑު ރޭގެ ވަގުތެއްގައި އިތުރަށް ބާރުގަދަވެފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ ތޫފާނަކަށް ބަދަލުވެފައިވާ މިދެ ކޮޅިގަނޑު މިހާރު މަޑުމަޑުން ރާއްޖެއާއި ދުރުވަމުން އައި ނަމަވެސް އޭގެ އަސަރު ނުސީދާގޮތުން ރާއްޖެއަށް ކޮށްފާނެއެވެ. އަދި މި ދެ ޠޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނަށް ވައިގަދަވެ ވިއްސާރައިގެ އަސަރުކުރާނެކަމަށާއި، މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވެފައި ކެރީގެ އަސަރުކުރާނެކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އުތުރުގެ ބައެއް އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް، އަދި އުތުރު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 8 ފޫޓުގެ ހުންނާނެކަމަށާއި އުތުރުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައްޔާއި ދަތުރުތައް ކުރުމުގައި މެޓް އޮފީހަށް ގުޅައި ލަފާ ހޯދައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.