މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށްފަހު، މުބާރާތުގެ ފައިނަލަށް ސްޕެއިނުގެ 19 އަހަރުގެ ތަރި ކާލޯސް އަލްކަރާޒް ދަތުރުކޮށްފިއެވެ.
ސެމީގައި އަލްކަރާޒް ޖޮކޮވިވް ބަލިކުރިއިރު، އޭނާ ސެމީން ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ކްލޭ ކޯޓުގެ ރަސްގެފާނު ރަފައެލް ނަޑާލްވެސް ބަލިކުރުމަށްފަހުއެވެ. މިއީ ޓެނިސް މުބާރާތެއްގައި ކުުޅުންތެރިއަކު ޖޮކޮވިޗާއި ނަޑާލް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޖޮކޮވިޗުގެ މައްޗަށް އަލްކަރާޒް ކުރިހޯދީ 3-1 ސެ ޓޫންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ޖޮކޮވިޗް ކާމިޔާބުކުރިއިރު، މި ސެޓު އޭނާ ކާމިޔާބުކުރީ ޓައި ބްރޭކަށް ގޮސް 7-5 އިންނެވެ.
އެކަމަކު އަނެއް ދެ ސެޓު ކާމިޔާބުކޮށް އަލްކަރާޒް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ފަހު ދެ ސެޓު އަލްކަރާޒް ކާމިޔާބުކުރީ 7-5 އަދި 7-6 އިންނެވެ. މީގެ ތެރެއިން ފަހު ސެޓު އޭނާ ކާމިޔާބުކުރީ ޓައި ބްރޭކަށް ގޮސް 7-5 އިންނެވެ.
މި މޮޅާއެކު ފައިނަލަށް އަލްކަރާޒް ދަތުރުކުރިއިރު، ފައިނަލުގައި އޭނާ ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވްއާއެވެ. ފައިނަލަށް ޒެވްރެވް ދަތުރުކުރީ ސެމީ ފައިނަލުގައި ސްޓެފާނޯސް ސިޓްސިޕާސް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.