ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ރޭންޖާސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ރޭންޖާސް ޖާގަހޯދީ ސެމީފައިނަލްގައި އާރްބީ ލައިޕްޒީގާ ދެކޮޅަށް ކުޅުނު ދެމެޗް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 1-0 ގެ ނަތީޖާއަކުން ލައިޕްޒީގުން ކާމިޔާބުކުރިއިރު، ރޭންޖަރސްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ރޭންޖަރސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިޕްޒިގްއިންނެވެ. އެކަމަކު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާ އެގްރިގޭޓް ނަތީޖާ ހަމަހަމަކށްފައިވަނީ ރޭންޖަރސްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޭމްސް ޓެވެނިއަރއެވެ.
އަދި މެޗްގެ 24 ވަނަ މިނެޓްގައި ގްލެން ކަމާރާ ޖަހާދިން ލަނޑާއެކު ރެނާޖްރަސްއިން ވަނީ ރޭގެ މެޗްގެ އިތުރުން އެގްރިގޭޓް ނަތީޖާއިންވެސް ކުރި ހޯދާފައެވެ. މިމެޗްގައި ލިޕްޒިގަށް ހިތްވަރު ލިބިގެންދިޔައީ މެޗްގެ 70 ވަނަ މިނެޓްގައި ކްރިސްޓޮޕަރ އެންކުންކޫ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. މިލަނޑާއެކު އެގްރިގޭޓް ނަތީޖާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ދިޔަ ނަމަވެސް، މެޗް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ރޭންޖަރސް ފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޯން ލުންޑްސްޓްރަމެވެ.
މިކާމިޔާބީއާއެކު ރޭންޖަރސްއަށް މިވަނީ ވޭތިވެދިޔަ 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ރޭންޖަރސް ބައްދަލުކުރާނީ އެއިންޓްރެކްޓް ފްރޭންކްފަރޓް އާއެވެ.