ކުޅިވަރު

ސެރީނާއާއި ރޮބާރޓާ ވިންޗީ 3 ވަނަ ބުރަށް


އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގެ ތިންވަނަ ބުރަށް ސެރީނާ ވިލިއަމްސްއާއި، ރޮބާރޓާ ވިންޗީ ދަތުރުކޮށްފިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ސެރީނާ ތިންވަނަ ބުރަށް ދަތުރުކުރީ ނުވަދިހަ ވަނަޔަށް ރޭންކްކުރެވިފައިވާ ސޫ ވެއި އަތުން މޮޅުވެގެންނެވެ. ސެރިނާ މެޗްގެ ސެޓްތައް ގެންދިޔައީ 6-1 އަދި 6-2 އިންނެވެ. 6 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއަށް މިމެޗް ނިންމަން ނެގީ ގާތްގަނޑަކަށް ގަޑިއެއްހާއިރެވެ.އިޓަލީގެ ރޮބާޓާ ވިންޗީ ތިންވަނަ ބުރަށް ދަތުރުކުރީ އެމެރިކާގެ އައިރީނާ ފެލްކޯނީ ބަލިކޮށްގެންނެވެ. ރޮބާރޓާ ވިންޗީ މި މެޗް ކާމިޔާބުކުރީ 6-2، 6-3 ސެޓްތައް ގެންގޮސްގެންނެވެ.