މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން އިނގިރޭސިވިލާތުގެ އެންޑީ މަރީ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ތިންވަނަ ބުރުން މަރީ ޖާގަހޯދީ ދެވަނަ ބުރުގައި ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް އާއި ބައްދަލުކުރި މެޗް ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ސެޓްތައް މަރީ ކާމިޔާބުކޮށްފައިވަނީ 6-1، 3-6 އަދި 6-2 އިންނެވެ. މިއީ މަރީ އަނިޔާއިން އެނބުރި އައިސް މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގ ގައި 20 ވަނައިން މަތީގެ ކުޅުންތެރިޔަކު ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު ތިންވަނަ ބުރުގައި މަރީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފިރިހެން އެއްވަނަ ކުޅުންތެރިޔާ ސަރބިއާގެ ނޯވަކް ޖޯކޮވިޗްއާއެވެ. ޖޯކޮވިޗް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ފަރަންސޭސިވިލާތުގެ ގައެލް މޮންފީސް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ 6-3 އަދި 6-2 އިންނެވެ.
މަރީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރައް ދާންޖެހުމުގެ ކުރިން މި ދެކުޅުންތެރިންވަނީ އެންމެ ވާދަވެރި ދެކުޅުންތެރިންނެވެ. އަދި މިއީ މިދެކުޅުންތެރިން 2017 ވަނަ އަހަރަށްފަހު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.