ވިޔަފާރި

އެއަރ އޭޝިއާގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް


އެއަރ އޭޝިއާގެ ޝެޑިއުލް ދަތުރުތައް މެލޭޝިއާއިން ރާއްޖެއަށް އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން ފަށާފައިމިވަނީ ކޯވިޑް-19އާ ގުޅިގެން މެދުކަނޑާލުމަށްފަހުއެވެ. މެދުކެނޑުމަކަށްފަހު އައި އެއަރއޭޝިޔާގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް 150 ފަސިންޖަރުންވަނީ އައިސްފައެވެ.

އެއަރ އޭޝިއާގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވާއިރު ހަފްތާއަކު 2 ދަތުރު ބާއްވާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެއީ ހަފްތާގެ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.

މެލޭޝިއާގެ އެއަރ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއި ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. ކޯވިޑް-19 އަށްފަހު މެލޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ ވަރަށް ދަށުގައެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު މެލޭޝިއާއިން ރާއްޖެ އައިސްފައިވަނީ 582 ފަތުރުވެރިންނެވެ. ނަމަވެސް މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު މެލޭޝިއާއިން ރާއްޖެ އައީ 69 ފަތުރުވެރިންނެވެ.