ކުޅިވަރު

ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ފުލަމަށް


އިންގްލީޝް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފުލަމް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ފުލަމް ހޯދީ ރޭ ލުޓަން ޓައުން އާއި ރޭ ބައްދަލުކުރިމެޗް ހަތް ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިކާމިޔާބީއާއެކު ފުލަމްއަށް ވަނީ 45 މެޗުން 90 ޕޮއިންޓް ލިބިފައެވެ. އަދި މިހާރު ދެވަނައިގާ އުޅޭ ބޯންމޯތަށް ބާކީ ދެމެޗް އޮތް އިރު ލިބިފައިވަނީ 82 ޕޮއިންޓް ކަމުން ފުލަމްއަށް ވުރެ ކުރިއަށް ނޭރޭނެކަންވަނީ ޔަގިންވެފައެވެ.

ރޭގެ މެޗްގައި ފުލަމްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.މިމެޗްގައި ފުލަމްހެ ފުރަތަމަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޖަހާދިނީ ޓޮމް ކައަރނީއެވެ. މިއީ މިފަހަރު ލީގުގައި ފުލަމްއިން ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަދި އެތީމްގެ ލީޑު މެޗްގެ 39 ވަނަ މިނެޓްގައި ފުޅާކޮށްދިނީ ކެނީ ޓޭޓޭއެވެ. އަދި ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ފަބިއޯ ކަވާލިއޯއެވެ. މިމެޗްގައި ފުލަމްގެ ހަތަރުވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި އެލެގްޒެންޑަރ މިޓްރޮވިޗް ޖަހާދިން އިރު މެޗްގެ އިތުރު ވަގުތުގައި އެތީމްގެ ފަހު ލަނޑު ޖަހާދީ މިޓްރޮވިޗް ވަނީ 43 ލަނޑު މިސީޒަންގައި މިހާތަނަށް ޖަހާދިނީ އިނގިރޭސި ލީގެއްގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ގާއިމްކޮށްފައެވެ. މިމެޗްގައި ފުލަމްގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓާއި 79 ވަނަ މިނެޓްގައި ޖަހާދިނީ ބޮބީ ޑެކޯޑޮވާ ރީޑް އާއި ޖޯން މިޝޭލް ސެރީއެވެ.

މިކާމިޔާބީއާއެކު ފުލަމް މިވަނީ 21 އަހަރަށް ފަހު ޗެމްޕިއަންޝިޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާފައެވެ. އަދި މިއަންނަ ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވިކަންވަނީ މިދިޔަ ހަފްތާގައި ޔަގީންވެފައެވެ.