ކުޅިވަރު

ޔުނައިޓެޑުން ބްރެންޓްފަޑް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބްރެންޓްފަޑް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ އެންމެ ފަހުން ކުޅުނު މެޗްގައި ޕެނަލްޓީ މިސްވި ބްރޫނޯ ފެނާންޑެޒްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖަހާދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިިއީ ރޮނާލްޑޯ މިފަހަރުގެ ލީގުގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. އަދި ފަހު ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ ރަފައެލް ވެރާންއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ 36 މެޗުން 58 ޕޮއިންޓް ލިބި ހަވަނައިގައެވެ. އަދި ބްރެންޓްފަޑް އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.