ކުޅިވަރު

ލެސްޓާ އަތުން ޓޮޓެންހަމަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗް ސްޕަރސްއިން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެތީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ލެސްޓަރއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕަރސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާފައިވަނީ ސްޕަރސްގެ ހެރީ ކޭންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ ސޮން ހެއުންގ މިންއެވެ. އަދި ސްޕަރސްއިން މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 79 ވަނަ މިނެޓގައި ޖަހާދިނީވެސް ސޮން އެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބުކުރީ 19 ވަނަ ލަނދެވެ. މިއި އޭނާއަށް ޕްރިމިއަރ ލިގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކުރެވުނު ފަހަރެވެ. ލިގުގައި އޭނާއަށް ވުރެ އިތުުރަށް ލަނޑު ޖަހާފައިވަނީ ލިވަޕޫލްގެ މުހަންމަދު ސަލާހްއެވެ. އެއީ 22 ލަނޑެވެ. މިމެޗްގައި ލެސްޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ކެލޭޗީ އިއަނާޗޯއެވެ.

މިކާމިޔާބީއާއެކު ސްޕަރސްއަށް މިހާރުވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ. އަދި ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމަށް ބަލާލާއިރު ހަތަރު ވަނައިގާ އުޅޭ އާސެނަލް އާއި ދެމެދު މިހާރު ވަނީ ދެ ޕޮއިންޓްގެ ތަފާތެކެވެ. އެހެން ކަމުން ސީޒަން މިނެން ހަތަރު ވެޗަށް ވެފައިވާއިރު ތާވަލްގެ ތިންވަނައާއި ހަތަރު ވަނައަށް ކުރާ ވާދަވެސް މިވަނީ އިތުރު ވެގެން ގޮސްފައެވެ. މިމެޗުން ބަލިވުމާއެކު ލެސްޓަރ މިހާރު އުޅެނީ 33 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.