ޚަބަރު

ފަރިވާ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި


ފާމްދޭރި މަގުގައި ހުންނަ ފަރިވާ ފިހާރަ އަދި އެ އިމާރާތާއި ޖެހިގެން ދެކުނަށް ހުރި އިމާރާތުގައި ރޭ 4:15 އެހާކަންހާއިރު ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.



ރޭ ހިނގި އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް އެމްއެމްޑީއެފްއިން މައުލޫމާތުދެއްވައެވެ. މި ހާދިސާގައި އެ އިމާރާތުގެ އިތުރުން އެއިމާރާތާއި ޖެހިގެން ހުރި އިމާރާތަށް ބޮޑަތި ގެއްލުންތަކެއް ލިބިފައިވެއެވެ. 



 އަލިފާންރޯވި އިމާރާތާއި ކައިރި ގެތަކުގައި ދިރިއުޅޭ ބައެއް ފަރާތްތައް، އެމްއެމްޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއާ ފުލުހުން ގުޅިގެން އެސަރަހައްދުން ދުރަށް ގެންގޮސްފައިވެއެވެ. ރޭ ފަތިހުން ފެށިގެން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 5:30 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ފާމްދޭރި މަގަކީ އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރަތައް ގިނަ މަގެކެވެ.