ކުޅިވަރު

ޔޫރަޕުގެ އިތުރުން މުޅި ދުނިޔެއަށް މަޝްހޫރު ފުޓްބޯޅަ އެޖެންޓް ރައިއޯލާ މަރުވެއްޖެ


ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަ ކޮށްލެވޭ ފުޓްބޯޅަ އެޖެންޓުންގެ ތެރޭގައި ހިމެނޭ މީނޯ ރައިއޯލާ މަރުވެއްޖެއެވެ. އުމުރުން 54 އަހަރުގެ ރައިއޯލާ މަރުވިކަންވަނި އޭނާގެ އާއިލާއިން ކަށަވަރުކޮށްދީ ބަޔާނެއްވެސް ނެރެފައެވެ.

ރައިއޯލާ ފާހަގަ ކުރެވިފައިވަނީ ނަންމަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އެޖެންޓް ކަން ކުރާ އަދި ފާހަގަ ކޮށްލެވޭ ބޮޑެތި ޓްރާންފަރ ޑީލްތަކެއް ނިންމާފައިވާ އެޖެންތެއްގެގޮތުގައެވެ. މިގޮތުން ބައެއް ފަރާތްތަކުން އޭނާ ސިފަކުރަނީ ސުޕަރ އެޖެންޓްގެ ގޮތުގައެވެ. އިޓަލީއަށް ނިސްބަތްވާ ރައިއޯލާގެ އެޖެންޓް ކަމުގެ ދަށުގައި މިވަގުތު ތިބި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމުންޑްގެ އަރލިންގ ހާލަންޑް، މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯލް ޕޮގްބާ، އޭސީ މިލާންގެ ޒްލަޓަން އިބްރަހިމޮވިޗް ހިމެނެއެވެ. އޭނާއަކީ ފާހަގަ ކޮށްލެވޭ ގިނަ އެޖެންޓުންނާއި އެޖެންޓުންގެ ކުޅުންތެރިން ހިމެނޭ ފުޓްބޯލް ފޯރަމްގެ ރައީސް ވެސްމެއެވެ.

ރައިއޯލާގެ އާއިލާއިން ނެރުނު ބަޔާނުގައި އޭނާ އަބަދުވެސް ހަނދާނުގާ ހުންނާނެކަން ހާމަކޮށްފައިވެއެވެ. އަދި ކުޅުންތެރިންނަށް އެންމެ އޯގާތެރި އަދި އެންމެ ފާހަގަ ކޮށްލެގޭ ފުޓްބޯޅާ އެޖެންޓްކަމުގައިވާ ރައިއޯލާ މަރުވި ހަބަރު މިހިއްސާ ކުރަނީ ވަރށް ފުން ހިތާމައާއެކުކަމަށެވެ. އަދި ކުޅުންތެރިންނަށް ރަނގަޅު އެއްބަސްވުން ހިދާދިނުމަށް އޭނާ އެކުރާ ހިތްވަރު ވަނި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭނާގެ ބައްޏާއި ދެކޮލަށް ކޮށްފައެވެ. އަދި ގިނަ ފަހަރަށް އިހްސާސް ނުކުރެވުނު ކަމަށްވީ ނަމަވެސް ރައިއޯލާވަނީ އޭނާގެ އާއިލާ ފަހްރުވެރިކޮށްދީފައިކަންވެސް ބަޔާނުގައިވެއެވެ.

ރައިއޯލާގެ އެޖެންޓް ކަމުގެ ދަށުގައި ތިބި އެހެން ބައެއް ކުޅުންތެރިންގެ ތެޜޭގައި އިތަލިގެ ބައިނަލްއަޤްވާމީ ކުޅުންތެރިންކަމަށްވާ މާރިއޯ ބަލޮޓެއްލީ އާއި ޖިއާންލުއިޖީ ޑޮނަރޫމާ، ނެދަލަންޑްސްގެ މަތިއެސް ޑި ލިޓް ހިމެެނެއެވެ. އޭނާގެ ކުލުންތެރިންނަށް ވީހާވެސް ފުރިހަމަ ޑީލްތައް ހޮދާދިނުމަށްޓަކައި އޭނާވަނީ ވަރަށް ގިނަ ފާހަގަ ކޮށްލެވޭ ކޯޗުންނާއި ދެބަސްވުންތަކަށް ގޮސްފައެވެ. މިގޮތުން ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަރ އެލެކްސް ފަރގަސަން އާއި މެންޗެސްޓަރ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ އަދި ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހިމެނެއެވެ. އަދި މިދިޔަ އަހަރު އޭނާ ހާމަކުރިގޮތުގައި މިފަދަ ދެބަސްވުންތަކުން އޭނާއަށްވެސް ގިނަ ފިލާވަޅުތަކެއް ދަސްވެގެން ގޮސްފައިވާކަމަށެވެ.

ބުނެވޭގޮތުގައި ޕޮގްބާ ޔުވެންޓަސް އިން ޔުނައިޓެޑަށް 2016 ވަނ އަހަރު ބަދަލުވި އެއްބަސްވުމުގެ ދަށުން ރައިއޯލާއަށް 41 މިލިއަން ޕައުންޑް ލިބިގެންދިޔައެވެ. އަދި މިކަމުގެ ސަބަބުން އޭނާއަކީ އަމިއްލަ އެދުން ބޮޑު ވަރަށް ދަހިވެތި މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށް އޭނާއަށް ފާޑުކިޔުންތައްވެސް އަމާޒުވެގެން ދިޔައެވެ. ނަމަވެސް ރައިއޯލާވަނީ މިއީ އެހާ ރަނގަޅަށް އޭނާ ސިފަކޮށްދޭ ބަސްތަކެއް ނޫންކަމަށް ހާމަކޮށްފައެވެ. އަދި މިފަދަ ބަސްތައް އަޑުއަހަން ބޭނުން ނުވާކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ. މިކަމާ ގުޅިގެން އޭނާ އުފެއްދި ސުވާލެކެވެ. މިގޮތުން އޭނާއަކީ އެހާ ދަހި އަދި އެހާ ގޯސް އެޖެންޓެއް ނަމަ އޭނާގެ ކުޅުންތެރިން އެހާ ހިތްހަމަ ޖެހިގެން އޭނާ އާއެކު ތިބެނީ ކީއްވެތޯއެވެ. މިސާލެއްގެ ގޮތުން އިބްރަހިމޮވިޗްއަށް އޭނާއަކީ ރަނަގަޅު އެޖެންޓެންތޯ ނޫންތޯ ކަނދައެޅޭނީ ހަމައެކަނި އިބްރާއަށް ކަމަށް އޭނާ ހާމަކުރިއެވެ. އަދި އޭނާއަކީ މާބޮޑެތި ބާރުތަކެއް އޮންނަ މީހެއް ނުން ކަމަށާއި އޭނާގެ މަސައްކަތަކީ އޭނާގެ އެހީތެރިކަން ހިދާ ކުޅުންތެރިންނަށް ވީހާވެސް ރަނގަޅު އެއްބަސްވުމެއް އެކްލަބަކާއެކު ހޯދުން ކަމަށެވެ. ރައިއޯލާވަނީ ފީފާއިން އެޖެންޓުންނާއި ގުޅޭގޮތުން އާ އުސޫލްތަކެއް ކަނދައެލުމާއި ގުޅިގެން ފީފާ އާއި ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.

ރައިއޯލާ ކޮށްފައިވާ އެންމެ ފާހަގަ ކޮށްލެވޭ ޓްރާންސްފަރ ތަކުގެ ތެރޭގައި 89 މިލިއަން ޕައުންޑަށް ޕޮގްބާ ޔުނައިޓެޑަށް ބަދަލުވުމާއި 2017 ވަނަ އަހަރު ރޮމެލޫ ލުކާކޫ 75 މިލިއަން ޕައުންޑަށް އެވަޓަން އިން ޔުނައިޓެޑަށް ބަދަލު ވުމާ އަދި 2019 ވަނަ އަހަރު 67.5 މިލިއަން ޕައުންޑަށް ބަދަލުވުން ހިމެނެއެވެ. ކްލަބް ތަކުން ރައިއޯލާ ސިފަކުރަނީ ކްލަބް ތަކަށް ހުރި މުސީބާތެއްގެގޮތުގައެވެ. މިގޮތުން ކުރިއަށް ގެންދިޔަ އެއް މަޝްވަރާތަކުގައި ބައިވެރިވު ކްލަބެއްގެ އެގްޒެކެޓިވްއެއް ހާމަކުރިގުގައި ރައިއޯލާއަކީ ބިރުވެރި ހުވަފެނެއްކަހަލަ މީހެއް ކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގާ އޭނާގެ މުސާރަ ބޮޑު ކުރުމަށް އޭނާ ތަމްސީލް ކޮށްދޭން މީހަކު ހޯދާނަމަ އެމީހަކީ ރައިއޯލާއަށް ވުމަށް އޭނާ ބޭނުންކަމަށެވެ. އޭނާއަކީ ކޮންޓްރެކްޓް މަޝްވަރާ ތަކުގައި ދެބަސްވުމަކަށް ދާން ޖެހިލުން ނުވާ އަދި ކްލަބްތަކާމެދު ހަމްދަރުދީއެއް އެއްވެސް ވަރަކަށް ބަހައްޓާ މީހަކަށް ނުވި ނަމަވެސް އޭނާގެ ހިޔާވަހިކަމުގެ ދަށުގައި ބިތި ކުޅުންތެރިން ހިތްހަމަ ޖެހިގެން އުފަލުގާ ކޫލެމުންދަނީ އޭނާ ގެންގުޅުނު މިސޫލްތަކުގެ ސަބަބުންކަން އެންމެވެސް ގަބޫލް ކުރެއެވެ. އަދި އެކުޅުންތެރިނަށާއި ފުތްބޯޅައަށް ގެއްލިގެން މިދިޔައީ ވަރަށް އަގުހުރި ކުޅަދާނަ ހިދްމަތްތެރިއެކެވެ.