އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއަށް އޮތް ޕްރެޝަރު ލިވަޕޫލުން ދަމަހައްޓައިފިއެވެ.
ނިއުކާސްލުގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގްގައި ވިޔަރެއާލް އާއި ރަށުން ބޭރުގައި ކުޅޭ މެޗް އޮތުމާއެކު މުހިންމު ބައެއް ކުޅުންތެރިންނާއި ނުލާ ކުޅުނު މިމެޗްގެ ފެށުން ރަނގަޅުވީ ނިއުކާސްލްގެއެވެ. އެގޮތުން ނިއުކާސްލްއިން ވަނީ ރަނަގަޅު ދެތިން ހަމަލާ މެޗްގެ ކުރީކޮޅު އުފެއްދޭތޯ މަސައްކަތް ކޮށް ލިވަޕޫލްގެ ޑިފެންސަށް ގޯސް ހެދުމަށް މަޖްބުރު ކުރުވާފައެވެ.
ނަމަވެސް މާގިނައިރު ތަކެއް ނުވެ ލިވަޕުލްއިން މެޗްގ ތެރެއަށް ވަދެ މެޗްގެ ކޮންޓްރޯލް އަތުލިއެވެ. އަދި މެޗްގެ 19 ވަނަ މިނެޓްގައި މިމެޗްގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު ނެބީ ކެއިޓާ ޖަހާދިނެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިވަޕޫލަށް ލިބިގެންދިޔައެވެ. ހައްސަކޮށް ސާޑިއޯ މާނޭއަށް ލިބިގެންދިޔަ ފުރުސަތު ފާހަގަ ކޮށްލެވެއެވެ.
މިކާމިޔބީއާއެކު ލިވަޕޫލަށް މިހާރުވަނީ ކުޅުނު 34 މެޗުން 82 ޕޮއިންޓް ހީދާފައެވެ. އަދި އެއްވަނައިގާ އުޅޭ ސިޓީ އާއި ދެމެދުގައި ވަނީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. އެހެންކަމުން ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލަށް އޮތް ފުރުސަތަކީ އެޓީމް ކުޅެންޖެހހޭ ބާކީ ހަތަރު މެޗް ކާމިޔާބުކޮށް ސިޓީ ކުޅެން ޖެހޭ ހަތަރު މެޗްގެ ތެރެއިން އެއްމެޗުން ނަމަވެސް ޕޮއިންޓް ގެއްލުމެވެ.
މިމެޗުން ނިއުކާސްލް ބަލިވި ނަމަވެސް އެތީމްގެ ސަޕޯޓަރުން ތިބީ ހިތްހަމަ ޖެހިފައެވެ. އެއީ މިސީޒަންގެ ކުރީކޮޅު ރެލިގޭޝަންގެ ބިރުވެރިކަމުގައި އުޅެމުންދިޔަ ނިއުކާސްލް އެބިރުވެރިކަމާއި ދުރަށް ޖެހިލެވިފައިވުމުންނެވެ. ނިއުކާސްލް މިހާރު އުޅެނީ 35 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 10 ވަރަށް ކުރިއަށް ޖެހިލާފައެވެ.