ކުޅިވަރު

ދިއްލީ އާއި ގުޖުރާތަށް މުހިންމު މޮޅެއް


އިންޑިއަން ޕްރިމިއާ ލީގުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް ގުޖުރާތު ޓައިޓަންސް ޕްލޭ އޮފް ބުރާއި ފިޔަވަޅަކަށް ގާތަށް ޖެހިލިއިރު، ކޮލްކަތާ ނައިޓްރައިޑާސް އަތުން ދިއްލީ ކެޕިޓަލްސް މުހިންމު މޮޅެއް ހޯދައިފި އެވެ.

ރަނގަޅު ފޯމެއްގައި އޮތް ހައިދަރުއާބާދު އަތުން ގުޖުރާތު މޮޅުވީ ފަސް ވިކެޓުގެ ތަފާތުންނެވެ. ހައިދަރުއާބާދުން ކުޅެން އަރައި ފުރަތަމަ އިނިންގްސްގައި ހަ ކުޅުންތެރިން ނުބައިވެގެން 195 ލަނޑު ހެދި އެވެ. އަބީޝެކް ޝަރުމާ 42 ބޯޅައިން 65 ލަނޑު ހެދިއިރު، އެއިޑެން މާކްރަމް 40 ބޯޅައިން 56 ލަނޑު ހެދި އެވެ. މި އިނިންގްސްގައި ގުޖުރާތުގެ މުހައްމަދު ޝަމީ 4 އޯވަރުގައި 39 ލަނޑަށް 3 ވިކެޓު ނެގި އެވެ.

ގުޖުރާތުން ކުޅެން އަރާ ފަހު ވިކެޓަށް ދިޔައިރު ފަސް ވިކެޓުނު ގެއްލުނު އިރު ފަހު ހަބޯޅައިން 22 ލަނޑު ބޭނުންވެފައެވެ. ރާޝިދު ހާން ވަނީ މި އޯވަރުގެ ފަހު ހަތަރު ބޯޅައިން ތިން ބޯޅަ ހަޔަކަށް ޖަހައި މެޗުން ގުޖުރާތު މޮޅުކޮށްދީފަ އެވެ.

މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދިއްލީ ކެޕިޓަލްސް އިން ވަނީ ކޮލްކަތާގެ މައްޗަށް މުހިންމު މޮޅެއް ހޯދާފަ އެވެ. ދިއްލީ މެޗު ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ. ފުރަތަމަ އިނިންގްސްގައި ކުޅެން ނިކުމެ ކޮލްކަތާ އަށް 20 އޯވަރުގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ.

ދިއްލީ ކެޕިޓަލްސް ޖަވާބުގައި ކުޅެން ނުކުމެ ބާކީ އެއް އޯވަރު އޮއްވާ 150 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ.