އެސްޓީއޯ ޕީޕަލްްސް ޗޮއިސްގައި އަމިއްލަ މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް ރެކު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ބުނީ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ރެކް ވެންޑަރ ފޯމް އެ އެކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.
ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޫކުރާނެ އަދި ކުއްޔަށް ދޭ ފަރާތްތައް ނަގާނެގޮތުގެ މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކާއި ހިއްސާ ކުރެވޭނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދިނުން
— STO People's Choice (@stopc_mv) April 28, 2022
ފޯމް: https://t.co/blzjWz7QLP pic.twitter.com/VoW0RIp7MG
އެސްޓީއޯއިން ވަނީ ދާދިފަހުން އެކުންފުނީގެ ސުޕަމާކެޓް "އެސްޓީއޯ ޕީޕަލްސް ޗޮއިސް" އަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެސްޓީއޯގެ ފިހާރައިން އެހެން ވިޔަފާރިވެރިންނަށް ފުރުސަތު ދީފައިވާއިރު މިއީ ޢާއްމުންނަށް ލިބޭ އިތުރު ލުޔެއްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
މިގޮތުން އެސްޓީއޯގެ ތެރޭގައި ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަޑިހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫއިން ލިބޭ އެކި މުދަލާއި ޚިދުމަތް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.