ކުޅިވަރު

ޓްރެއިނިންގ ކޭމްޕެއްގައި ބާސްކެޓް ޓީމް ސަން އައިލެންޑަށް


ތިން ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް ޤައުމީ
ބާސްކެޓްބޯޅަ ޓީމް ސަން އައިލެންޑަށް ހިނގައްޖެއެވެ. ބާސްކެޓް ޓީމުގެ ކޯޗް އަހުމަދު
ފަޔާޒް ބުނީ މި ޓްރެއިނިންގ ކޭމްޕްގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިންގެ
މޯޓިވޭޝަން ރަނގަޅުކޮށް، އެއްބައިވަންތަކަން ވަރުގަދަކުރުންކަމަށެވެ.



ސައުތްއޭޝިއަން ގޭމްސްއަށް ނުދެވޭ ގޮތަށް ކުރިން އޮތުމުން
ކުޅުންތެރިން ކޮންމެވެސް ވަރަކަށް ޑިމޯޓިވޭޓްވެފައި ތިބުމުން، މި ދަތުރުގެ ރަނގަޅު
އަސަރު ކުޅުންތެރިންނަށް ކުރާނެކަމަށް ފަޔާޒް ގަބޫލްކުރެ އެވެ.



ޤައުމީ ބާސްކެޓްބޯޅަ ޓީމް ސާފް ގޭމްސްގެ ތަންކޮޅެއް
ކުރިން އިންޑިޔާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ފަޔާޒް ޓީވީއެމް ސްޕޯޓްސްއަށް
މަޢުލޫމާތުދިނެވެ. ފަޔާޒް ބުނީ އިންޑިޔާއަށް ތަންކޮޅެއް ކުރިން ގޮސް ރަނގަޅު
ޕްރެކްޓިސް މެޗްތައް ކުޅެން ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.