މުނިފޫހިފިލުވުން

ޝިލްޕާ އަދި ވިވެކްވެސް ރޯހިތުގެ ކޮޕް ސީރީޒަށް


ކާމިޔާބު ޑައިރެކްޓަރ ރޯހިތް ޝެޓީ އެމެޒޯން އާއިއެކު މަސައްކަތްކުރާ ފުރަތަމަ މަސައްކަތް "އިންޑިއަން ޕޮލިސް ފޯސް" އާއި އެކްޓްރެސް ޝިލްޕާ ޝެޓީއާއި ވިވެކް އޮބެރޯއީ ގުޅިއްޖެއެވެ.

މިހާރު މަސައްކަތް ފަށާފައިވާ މި ސީރީޒްގެ ލީޑްރޯލުން ފެންނާނީ ސިދާތް މަލޯތްރާއެވެ. ވިވޭކް ވަނީ ސީރީޒްގައި އޭނާ ފެންނާނެ ގޮތުގެ ޕޯސްޓަރެއްވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ވިވޭކް ބުނި ގޮތުގައި އޭނާ ފެންނާނީ ސުޕާ ކޮޕެއްގެ ގޮތުގައެވެ.

އެމެޒޯން އަދި ޑިޖިޓަލް ޕްލެޓްފޯމަށް މުޅިން އައު ބަތަލާ ޝިލްޕާ މި ސީރީޒްގައި ކުޅޭނީ އަންހެން ކޮޕެއްގެ ރޯލެވެ. ޝިލްޕާވެސް ވަނީ މީގައި އޭނާ ފެންނާނޭގޮތުގެ ޕޯސްޓަރެއް ދައްކާލާފައެވެ.
ކޮޕް ސީރީޒްގެ ފިލްމުތައް ހެދުމުގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ވަރެއް ނުވާނެއެވެ. ރޯހިތު އެމެޒޯންއަށް ހަދާދޭ ސީރީޒްގައި 8 އެޕިސޯޑް ހިމެނޭނެއެވެ.

މި ސީރީޒްގެ ޝޫޓިންތައް މިހާރު ވަނީ މުމްބާއީގައި ފަށާފައެވެ. އެހެންނަމަވެސް މަސައްކަތް ނިމި ސީރީޒް ޕްރައިމަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުއެވެ. ރޯހިތުގެ ކާމިޔާބު ކޮޕް ފިލްމުތަކުގެ ތެރޭގައި "ސިންގަމް" ، "ސިމްބާ" އަދި "ސޫރަޔްވަންޝީ" ހިމެނެއެވެ.