މުނިފޫހިފިލުވުން

ޝާހުގެ ކޮންމެ އިންސްޓަގްރާމް ޕޯސްޓަކަށް އެއްލައްކަ ރުޕީސް


ހިންދީ ސިނަމާގައި މިހާރު ހުރި އެންމެ ކާމިޔާބު އެކަކީ ޝާހުރުކްޚާނެވެ. ބާދްޝާހުގެ ނަމުން ބޮލީވުޑްގައި މަޝްހޫރު ޝާހަކީ މިހާރު ބްރޭންޑެކެވެ. ބޮޑު ފޭން ބޭސް އެއް އޮންނަ ޝާހުގެ އިންސްޓަގްރާމަކީ ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާ އެއްޗެކެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އުޅެނީ 22.4 މިލިއަންގައެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި ފިލްމުތައްވެސް ޝާހު އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރެއެވެ.

މީގެއިތުރުން ޝާހު އަކީ އިންސްޓަގްރާމްގައި ބޮޑެތި ބްރޭންޑުތަކަށް އިޝްތިހާރުވެސް ކުޅެދޭ މީހެކެވެ. އެއާބީއެންބީ އަދި ބިގްބާސްކެޓަކީ ވެސް މިގޮތަށް އިޝްތިހާރު ކުޅޭދޭ ދެ ބްރޭންޑެވެ. އަދި މިގޮތަށް ޖަހާދޭ ކޮންމެ ޕޯސްޓަކަށް 80 ލައްކަ އާއި 1 ލައްކަ ރުޕީސްއާއި ދެމެދުގެ އަގެއް ކޮންމެ ޕޯސްޓަކަށް ޝާހު ނަގައެވެ. ނަމަވެސް މިއީ ވިރާތް ކޯލީ އާއި ޕްރިޔަންކާ ޗޯޕްޅާ ނަގާ އަގަށްވުރެ ކުޑަ އަގެކެވެ. ޕްރިޔަންކާ ކޮންމެ ޕޯސްޓަކަށް 2 ކްރޯޑް ރުޕީސް ނަގާއިރު ވިރާތު ނަގަނީ 88 ލައްކަ ރުޕީސްއެވެ. ޝާހު އެންމެ ގިނައިން ފެންނަނީ އެޕަލް ޕްރޮޑަކްޓުތައް އިޝްތިހާރު ކުރާތަނެވެ.

ދުވަސްގަޑަކަށްފަހު ޝާހު ފެންނަ ފުރަތަމަ ފިލްމަކީ ސިދާތް އާނަންދުގެ އެކްޝަން ފިލްމު "ޕަތާން" އެވެ. ދީޕިކާ ޕަޑްކޯނާއި ޖޯން އަބްރަހަމްވެސް ފެންނަ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރު ކުރީކޮޅުއެވެ. މި ފިލްމުގެ އިތުރުން އަތްލީ ކުމާރުގެ "ލަޔަން" އަދި ރާޖް ކުމާރު ހިރާނީގެ "ޑަންކީ" އަކީވެސް ޝާހުގެ ކުރިއަށްހުރި ފިލްމުތަކެވެ.