އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕެލަސްއެވެ. މިމެޗްގައި ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ޕެލަސްގެ ވިލްފްރެޑް ޒަހާއެވެ. ނަމަވެސް އޭނާ އޭނާ ފޮނުވާލި ހަމަލާ ވަނީ ލީޑްސްގެ ކީޕަރ ދިފާއުކޮށްފައެވެ. މިމެޗްގައި ލީޑްސްއަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައިނުވި ނަމަވެސް އެޓީމުންވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ.
މިމެޗް އެއްވަރު ވުމުން ޕެލަސްއަށް މިވަނީ ކުޅުނު 33 މެޗުން ލިބިފައިވަނީ 38 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި ލީޑްސް މިހާރު އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. މިއީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ލީޑްސްއަށް ލިބިގެންދިޔަ ވަރަށް މުހިންމު ޕޮއިންޓެކެވެ. އަދި މިއީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އެޓީމުން ނިންމާލި ދެވަނަ މެޗެވެ.