ކުޅިވަރު

ޔުވެންޓަސް ކޮޕާ އިޓާލިއާގެ ފައިނަލަށް


ކޮޕާ އިޓާލިއާގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދީ ސެމީފައިނަލުގައި ފިއޮރެންޓީނާއި ބައްދަލުކުރި ދެ މެޗް 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 1-0 ގެ ނަތީޖާއަކުން ޔުވެންޓަސްއިން ކާމިޔާބުކުރިއިރު، ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ޔުވެންޓަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއެވެ. ރޭގެ މެޗްގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީ ފެޑެރީކޯ ބާނަޑޭޝީއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ޑެނީލޯއެވެ.

މި ކާމިޔާބީއާއެކު ކޮޕާ އިޓާލިއާގެ ފައިނަލަށް ޔުވެންޓަސް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ސެމީފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބުކުރި އިންޓަ މިލާނާއެވެ.