މޮންޓެ ކާލޯ ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުން ތެރިޔާ ނޯވަކް ޖޯކޮވިޗް އާއި އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ ބައްދަލުކުރިމެޗުން ޖޯކޮވިޗް ބަލިވެއްޖެއެވެ.
މިމެޗް ޑެވިޑޮވިޗް ފޮކީނާ ކާމިޔާބުކުރީ ދެސެޓް އެއްސެޓުންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް ޑެވިޑޮވިޗް ފޮކިނާ ކާމިޔާބުކުރީ ހައެއް ތިނަކުންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ޖޯކޮވިޗް ވަނީ ޓައި ބްރޭކަކަށް ގޮސް ހައެއް ހަތަކުން ކާމިޔާބުކޮށްފައެވެ. މިސެޓާއެކު ޖޯކޮވިޗްގެ ކުޅުން ތިންވަނަ ސެޓްގައި ރަނގަޅުވާނެކަމަށް ހީވި ނަމަވެސް ތިންވަނަ ސެޓް ހައެއް އެކަކުން ކާމިޔާބުކުރީ ޑެވިޑޮވިޗް ފޮކީނާއެވެ. މިއީ 2018 ވަނަ އަހަރަށްފަހު މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުން ޖޯކޮވިޗް ބަލިވި ފުރަތަމަ ފަހަރެވެ.
މިކާމިޔާބީއާއެކު ޑެވިޑޮވިޗް ފޮކީނާވަނީ މިއީ އޭނާއަށް ވަރަށް ހައްސަ ދުވަހެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.