މުނިފޫހިފިލުވުން

ކެޓްރީނާ ބަނޑު ބޮޑުވީތަ؟


މިދިޔަ އަހަރު ޑިސެމްބަރު މަހު ކައިވެނިކުރި ބޮލީވުޑް ދެ ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝާލް އަކީ ބީ ޓައުންގައި މިހާރު ތިބި ގިނަބައެއްގެ ފޭވަރިޓް ކަޕުލް އެވެ. "ޓައިގާ 3" އަދި "މެރީ ކްރިސްމަސް" ގެ ޝޫޓިންގައި ބިޒީ ވެގެން ކެޓް އުޅޭއިރު މިހާރު އެންމެ ގަދަޔަށް ދެކެވެނީ އޭނާ ބަނޑު ބޮޑުވި ވާހަކައެވެ.

ހޯމަ ދުވަހު މުމްބާއީ އެއާޕޯޓުގައި ކެޓް ހުއްޓާ ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމު ވެފައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއްގައި ކެޓް ހުއްޓާ ފެންނަ މި ވީޑިއޯ އަށް ކޮމެންޓު ކޮށްފައިވާ ބައެއް މީހުން ބުނާގޮތުގައި ކެޓް މިހާރު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. މިކަމާއި ގުޅިގެން ކެޓް އަދި ވިކީ ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރު މަހު ކައިވެނިކުރި މި ދެ ތަރިން އުޅެނީ ވަރަށް ލޯބިންނެވެ. މި ހަފްތާގެ އާދީއްތަ ދުވަހު ކެޓް ވަނީ ވިކީ އަށް ބްރޭކްފާސްޓެއްވެސް ތައްޔާރުކޮށްދީފައެވެ. މި ބްރޭކްފާސްޓުގެ ފޮޓޯއެއްވެސް ކެޕްޝަނަކާއިއެކު ކެޓް ވަނީ އޭނާގެ އިންސްޓާގްރާމަށް ދޫކޮށްލާފައެވެ. އަދި އެ މީހުންގެ ކައިވެންޏަށް އެއް މަސް ވީ ދުވަހު ވެސް ކެޓް ވަނީ ދެ މީހުންގެ ވަރަށް ހިތްގައިމު ސެލްފީއެއް އިންސްޓަގްރާމަށް ދޫކޮށްލާފައެވެ.

ކެޓް ދެން އެންމެ އަވަހަށް ފެންނާނީ ސަލްމާނުޚާނާއި އެކު ފިލްމު "ޓައިގާ 3" އިންނެވެ. ވިކީގެ ކުރިއަށް އޮތް ފިލްމަކީ "ގޯވިންދާ ނާމް މެރާ" އެވެ.