ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި އަންގާރަ ދުވަހު ކުޅުނު މެޗުތަކުން އޭއާރްސީ އަދި އޭވިއާ މޯލްޑިވްސް މޮޅުވެއްޖެއެވެ.
އަންގާރަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު ގަލޮޅު ކަންމަތި ބަނަފްސާއާއި ބައްދަލުކޮށް އޭއާރްސީ ކާމިޔާބުކުރީ 8 ވިކެޓުންއެވެ. ގަލޮޅު ކަންމަތި ބަނަފްސާއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 106 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި އަދި 28 ލަނޑުހެދި މުހަނަމްދު ސައީދެވެ. ޖަވާބުގައި އޭއާރްސީ ކުޅެންއަރާ އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 107 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑުހެދި ލީމް ސަފީގް އަދި 24 ލަނޑުހެދި ޒަކަރިއްޔާ އަބްދުލް ލަތީފްއެވެ.
އަންގާރަ ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗު ދިވެހި ސިފައިންގެ ކްލަބާއި ބައްދަލުކޮށް 7 ވިކެޓުން ކާމިޔާބުކުރީ އޭވިއާ މޯލްޑިވްސްއެވެ. ދިވެހި ސިފައިންގެ ކްލަބުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 105 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑުހެދި އަހުމަދު ތޮލްހަތު އަދި 21 ލަނޑުހެދި އަހުމަދު ހަސަންއެވެ. ޖަވާބުގައި އެވިއާ މޯލްޑިވްސް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 109 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑުހެދި މުހަނަމަދު ސަހުދާން އަދި 30 ލަނޑުހެދި އައިހަމް ޒިޔާދުއެވެ.
ރަމަޟާން ކްރިކެޓް ކާނިވަލުގެ މެޗުތައް ބުދަ ދުވަހުވެސް ކުރިއަށްދާނެއެވެ. ބުދަ ދުވަހުކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެރީކޯނާ އާއި ދިވެހި ސިފައިންގެ ކުލަބެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެވިއާ މޯލްޑިވްސް އާއި ގަލޮޅު ކަންމަތި ބަނަފްސާއެވެ.