ވިޔަފާރި

5 ލީޓަރުގެ ފެންފުޅި އުފައްދާ ޕްލާންޓުން އަންނަމަހު ޚިދުމަތްދެނީ


ފަސް ލީޓަރުގެ ފެންފުޅި އުފައްދާ  ޕްލާންޓެއް މާލެ ގެނެސްފައިވާކަމަށާއި މި ޕްލާންޓްގެ މަސައްކަތް
ނިންމާ އަންނަ މަހުގެތެރޭ ޚިދުމަތްދޭން ފެށޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކޮށްފިއެވެ.



މިއީ ގަޑިއަކު ހަތަރުހާސް ފެންފުޅި
އުފެއްދޭނެ ހައިކެޕޭސިޓީގެ ޕްލާންޓެއްކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެޓޯލް އެޖެންޓުން
އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ
މިދިޔަ އަހަރު ރާއްޖެ ގެނައި މިފެން ޕްލާންޓުގެ މަސައްކަތް ނިންމާލެވި  މާލެ ސަރަހައްދާއި އަތޮޅުތަކަށްވެސް ފަސޭހަކަމާއިއެކު އިތުރަށް
ފެން ފޯރުކޯށްދިނުމުގެ މަސައްކަތްކުރައްވަމުންދާކަމަށެވެ.



ފަޒުލް ވިދާޅުވީ މި ޕްލާންޓްގެ
ޚިދުމަތް އަންނަމަހުގެ ކުރިންވެސް ދެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން ފަޒުލް ވިދާޅުވީ
އަތޮޅުތަކުގައިވެސް ފެންޕްލާންޓްގެ ޚިދުމަތްދިނުމަށް މަސައްކަތް
ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.



މިގޮތުން ގަޑިއަކު ތިންހާސް
ފެންފުޅި އުފައްދާ ޕްލާންޓެއް ހދ.ކުޅުދުއްފުށީގައި، ޤާއިމްކުރުމުގެ މަސައްކަތްވެސް
ކުރައްވަމުންދާކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު މި ޕްލާންޓުން ޚިދުމަތް ދެވޭތޯ
މަސައްކަތްކުރައްވަމުންދާކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.