މުނިފޫހިފިލުވުން

ކޭޓްއާ ދަރިފުޅު އެކުގައި ސްކްރީނަށް


އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ހޮލީވުޑް ތަރި ކޭޓް ވިންސްލެޓް އާ ދަރިފުޅު މިއާ އެކުގައި ސްކްރީނުން ފެންނަން ތައްޔާރުވެއްޖެއެވެ.

މި ދެ މައިން އެކުގައި ފެންނާނީ އެވޯޑް އުފުލާލާފައިވާ 2019 ވަނަ އަހަރު ދެއްކި އިނގިރޭސި އެންތޮލޮޖީ ޑްރާމާ ސީރީޒް " އައި އޭމް" އިންނެވެ. މިހާތަނަށް 6 އެޕިސޯޑް ދައްކާފައިވާ މި ސީރީޒްގެ ކޮންމެ އެޕިސޯޑަކަށްވެސް ނަން ދީފައިވަނީ އެ އެޕިސޯޑުގެ ލީޑް އެކްޓްރެސްގެ ކެރެކްޓާ އާއި ގުޅުވައިގެންނެވެ.

މިގޮތުން ކޭޓްއާ މިއާ ފެންނަ މިފަހަރުގެ އެޕިސޯޑުގެ ނަމަކީ "އައި އޭމް ރުތް" އެވެ. މި މަހު ފަހުކޮޅު މަސައްކަތް ފަށަން ތާވަލުކޮށްފައިވާ މި ފިލްމާއި މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މި ސީރީޒް އުފައްދާ ލިޔެ އަދި ޑައިރެކްޓުވެސް ކޮށްފައިވަނީ ބަފްތާ އެވޯޑް ހޯދާފައިވާ ޕްރޮޑިއުސާ ޑޮމިނިކް ސެވޭޖްއެވެ. ކޭޓު ބުނިގޮތުގައި ޑޮމިނިކްގެ މަސައްކަތްތައް އޭނާއަށް އަބަދުވެސް ވަރަށް ކަމުދެއެވެ.

ދެ ސީޒަން މިހާތަނަށް ދައްކާފައިވާ މި ސީރީޒްގެ އެޕިސޯޑްތަކަކީ "އައި އޭމް ނިކޮލާ" ، "އައި އޭމް ކްރިސްޓީ" ، "އައި އޭމް ހަނާ" ، "އައި އޭމް ވިކްޓޯރިއާ" ، "އައި އޭމް ޑޭނިއަލާ" އަދި "އައި އޭމް މާރިއާ" އެވެ.