ކުޅިވަރު

ޕެލަސް ބަލިކޮށް ލެސްޓާ ކުރިއަށް


އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ލެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

ލެސްޓަރގެ ލަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފރަާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއިންނެވެ. ނަމަވެސް ޕެލަސްއިން ވެސް ވަނީ މިމެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ލެސްޓަރއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޮލާ ލޫކްމަންއެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލެސްޓާރގެ ލީޑު ފުޅާކޮށްދިނީ ޑޫސްބެރީ ހާލްއެވެ. މިއީ އޭނާ ޕްރިމިއަރ ލީޑުގައި ކާމިޔަބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗްގައި ޕެލަސްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިލްފްރެޑް ޒަހާއެވެ. ޒަހާ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ލެސްޓަރގެ ކެސްޕަރ ޝޫމައިކަލް މަތަކުރި ނަމަވެސް، ޕެނަލްޓީ ޖެހި ވަގުތު ލެސްޓަރގެ ޗަގްލާ ސޮޔުންޗޫ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެފައިވަނީ ވިއޭއާރުން ބެލުމަށްފަހު އަލުން ޕެނަލްޓީ ޖަހަން ދިނެވެ. އޭނާ ފޮނުވާލި ދެވަނަ ޕެނަލްޓީވެސް ކީޕަރ މަތަކުރި ނަމަވެސް ރީބައުންޑްގައި ވަނީ ލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑާއެކު ޕެލަސްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ނަމަވެސް އެ ޓީމުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލެސްޓަރއަށް ވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕެލަސްވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ވެއްޓިފައެވެ.