ކުޅިވަރު

ވެރޯނާ ބަލިކޮށް އިންޓައިން އުއްމީދު އާކޮށްފި


އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ހެލަސް ވެރޯނާ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އުޅޭ އޭސީ މިލާނާއި ދެމެދުގައިވާ ފަރަގު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ވެރޯނާއިން ގިނައިރު ބޯޅާ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މި މެޗްގައި އިންޓަރއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓުގައި ޖަހާދިނީ ނިކޮލާ ބަރެއްލާއެވެ. އަދި އެ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ.

މި ކާމިޔާބީއާއެކު އިންޓައިން މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ލަނޑުގެ ތަފާތުން ކުރިއަށް ޖެހިލާފައެވެ. އެއްވަނައިގާ އުޅޭ އޭސީ މިލާނަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. އަދި ތިންވަނައިގައި ލަނޑުގެ ތަފާތުން 66 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. މީގެ އިތުރުން ރޭގެ މެޗުން ބަލިވުމުން ވެރޯނާ އުޅެނީ 32 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.