ކުޅިވަރު

ވޭލްސް އަތުން ފްރާންސްއަށް ހަނި މޮޅެއް


ފީފާ ވިމެންސް ވާރލްޑް ކަޕް ޔޫރަޕް ސަރަހައްދުގެ ކޮލިފައިން ގްރޫޕް އައިގައި ފަރްންސޭސިވިލާތާއި ވޭލްސް ބައްދަލުކުރިމެޗް ފަރަންސޭސީން ކާމިޔާބުކޮށްފިއެވެ.

ވޭލްސްގައި ކުޅުނު މިމެޗް ފަރަންސޭސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ފަރަންސޭސި ޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެންޑީ ރެނާރޑްއެވެ. މިމެޗްގައި ފަރްންސޭސީންގެ ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ވޭލްސްގެ ކީޕަރ ލައުރާ އޯސުލިވަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަހާފައިވަނީ މޭރީ އެންޓޮއިނޭޓް ކަޓޯޓޯއެވެ. މިމެޗްގައި ވެލްސްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ސޯފީ އިންގްލޭއެވެ. މިލަނޑާއެކު ވޭލްސްއަށް އިތުރު ހިތްވަރެއް ލިބި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް ފަރަންސޭސި ޓީމުންވަނީ އެގޮތުގައި އޮވެ މެޗް ނިންމާލާފައެވެ.

މިކާމިޔާބީއާއެކު ފަރަންސޭސި ޓީމް މިހާރުވަނީ ކުޅުނު ހަތް މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ވޭލްސް އުޅެނީ 13 ޕޮއިންޓާއެކު ގްރޫޕް އައިގެ ތިންވަނައިގައެވެ