ކުޅިވަރު

ޕީއެސްޖީން އެމްބާޕޭއަށް ސައިނިން އޮން ފީއެއްގެ ގޮތުގައި 150 މިލިޔަން ޕައުންޑް


ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އެޓީމްގައި ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ސައިނިންގ އޮން ފީއެއްގެ ގޮތުގައި 150 މިލިއަން ޕައުންޑް ހުށަހަޅައިފިއެވެ.

އުމުރުން 23 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ހަމަވެގެންދާނެއެވެ. އަދި މަޢުލުމާތު ލިބޭގޮތުގައި އެމްބާޕޭ މިހާރުވަނީ ސްޕެނިޝް ލަލިގާގެ ތާވަލްގެ އެއްވަނައިގާ އުޅޭ ރެއާލް މެޑްރިޑާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

އެކަމަކު ޕީއެސްޖިއިން އަދިވެސް އެމްބާޕޭ އެކްލަބްގައި ބެހެއްޓުމަށް ކުރަމުންދާ މަސައްކަތުގ ދަށުން އޭނާއަށްވަނީ އަހަރަކު 21 މިލިއަން ޕައުންޑްގެ މުސާރައެއްދިނުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް އެމްބާޕޭގެ ވިސްނުން އަދި ހުރީ ރެއާލްއަށް ބަދަލުވުމަށްކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރެއެވެ. އެންމެފަހުން މިދިޔަ އާދީއްތަ ދުވަހު ލީގު އާންގައި ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ހާމަކުރިގޮތުގައި އޭނާގެ މުސްތަގްބަލާމެދު އަދި ގޮތެއް ނުނިންމަމެވެ. އަދި މިހާރު ވިސްނަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށްވެސް އޭނާ ހާމަކުރިއެވެ. ނަމަވެސް އެއީ ކޮންތައްތަކެއް ކަމެއް އޭނާ ނޫސްވެރިންނަށް ކިޔާދީފައެއް ނުވެއެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި އޭނާ އިތުރު ކަންތައްތަކެއްގެގޮތުގައ ިސިފަ ކޮށްފައިއެވަނީ ޕީއެސްޖީއިން ލިބުނު އާ ހުށަހެޅުމާއެކު ރެއާލް އާއި އެކު އަލުން ވާހަަކަ ދެއްކުމުގެ ވާހަކަ ކަމަށެވެ.

ކޮންޓްރެކްތް ވާހަކަ ތަކުގައި އެމްބާޕޭގެ ފަރާތުން ވަކާލާތު ކުރަމުންދަނީ އޭނާގެ މަންމަ އާއި ބައްޕައެވެ. އަދި އެމްބާޕޭގެ މސްތަގްބަލާމެދު އެދެމީހުންނާއި އެމްބާޕޭ އާއި ހިޔާލު ތަފާތުަކަމަށް ހަބަރު ލިބެއެވެ. އަދި ޕީއެސްޖީގައި އެމްބާޕޭ މަޑު ކުރަން ނިންމައިފިނަމަ އޭނާގެ ބެލެނިވެރިންނަށް ކޮމިޝަންެ ގޮތުގައި 42 މިލިއަން ޕައުންޑް ލިބޭނެކަމަށްވެސް ހަބަރު ލިބެއެެވެ.

މިހުރިހާ ވާހަކަ ތަކާއެކުވެސް ރެއާލް ހާސްވެގެން އުޅޭތަނެއް ނުފެނެއެވެ. އެންމެ ބޮޑު އެއްސަބަބެއްގެގޮތުގައި މިކަން ދިރާސާ ކުރާ ފަރާތްތަކުން ހަމަކުރާގޮތިގައި އެމްބާޕޭ އާއި ރެއާލް އާމެދު މިހާރުވަނީ އެއްބަސްވުމެއް އެކުލަވާލެވިފައެވެ.