ކުޅިވަރު

ޔޫޓާ ޖޭޒް އަތުން ސަންސްއަށް މޮޅެއް


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފީނިކްސް ސަންސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފިއެވެ.

މިމެޗް ސަންސް ކާމިޔާބުކުރީ 111 ޕޮއިންތް 105 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވަދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ 33 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 3 އެސިސްތް ކޮށްފައެވެ. އަދި ޖޭޒްގެ ޑޮނޮވަން މިޝޭލްވަނީ 18 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 78 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 39 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ޓްރެއިލް ބްލޭޒަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޮދާދީ 7 ރީބައުންޑް ނަގާދިން ޑްރޫ ޔޫބޭންކްސްއެވެ.

މީގެއިތުރުން މިލްވައުކީ ބަކްސް އާއި ޑެޓްރޮއިޓް ޕުސްޓަންސް ބައްދަލުކުރިމެޗް 131 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 30 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ރޮޑްނީ މެކްގްރޫޑަރވަނީ 25 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ.

މިމުބަރާތުގައި ބްރޫކްލިން ނެޓްސް އާއި ކްލީވްލަންދް ކެވެލިއަރސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 107 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު ޗާލޮޓް ހޯނެޓްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ.