ކުޅިވަރު

ވޯލްޑް ކަޕަށްފަހު ނެދަލެންޑްސްގެ ކޯޗަކަށް ކޫމަން


ނެދަލަންޑްސްގެ ކޯޗުކަމުގެ މަގާމަށް މިއަހަރުގެ ވޯލްޑް ކަޕަށްފަހު ރޮނާލްޑް ކޫމަން ގެނައުމަށް ނިންމައިފިއެވެ.

މިމަގާމާއި ކޫމަން ހަވާލުވާގޮތައް ހަމަޖައްސާފައިމިވަނީ އެމަގާމްގައި މިހާރު ހުރި ލުއި ވެން ގާލް ކެންސަރު ބައްޏަށް ފަރުވާ ހޯދަމުންދާކަމަށް އޭނާ ހާމަކުރުމާއި ގުޅިގެންނެވެ.
ނަމަވެސް މަޢުލޫމާތު ލިބޭގޮތުގައި ވެން ގަލްގެ ސިއްހަތު ތަންދޭކަމަށްވާ ނަމަ މިއަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އެމަގާމްގައި އޭނާ ދެމި ހުންނާނެއެވެ. މިއީ ނެދަލަންޑްސްގެ ކޯޗު ކަމާއި ކޫމަން ހަވަލުވާ ދެވަނަ ފަހަރެވެ. އޭނާ ނެދަލަންޑްސްގެ ކޯޗުކަން ކުރިން ކޮށްފައިވަނީ 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށެވެ. އެމުއްދަތުގެ ތެރޭގައި އޭނާވަނީ ނެދަލްންޑްސް ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލަށް 2019 ވަނަ އަހަރު ގެންގޮސްދީ އަދި ޔުރޯ 2020އަށް އެޓީމް ކޮލިފައިކޮސްދީފައެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން މުބާރާތް ލަސްވުމާއި ބާސެލޯނާގެ ކޯޗް ކަމާއި ހަވަލުވުމަށް އޭނާވަނީ އެމަގާމުންވަކިވެފައެވެ.

ކޫމަން ހާމަކުރިގޮތުގައި ވޯލްޑް ކަޕަށް ފަހު ނެދަލަންޑްސްގެ ކޯޗު ކަމާއި ހަވާލުވުމުގެ ފުރުސަތު ލިބޭތީ އެކަމައި ފަހުރުވެރިވާކަމަށެވެ. އަދި ނެދަލަންޑްސް ޤައުމީ ޓީމާއެކު އާ ސޮފްހާއެއް ފަށަން ކެތް މަދުވެފައިވާކަމަށް އޭނާ ހާމަކުރިއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ނެދަލަންޑްސް ހިމެނިފައިވަނީ މުބާރާތް ބާއްވާ ޤައުމު ޤަތަރާއި އެކުއެޑޯ އަދި ސެނެގާލް އާއެކު ގްރޫޕް އޭގައެވެ.