ކުޅިވަރު

ފީނިކްސް ސަންސްގެ މައްޗަށް ކްލިޕާސްއިން ކުރިހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް ކްލިޕަރސް ކާމިޔާބުކޮށްފިއެވެ.

މިމެޗް ކްލިޕަރސް ކާމިޔާބުކުރީ 113 ޕޮއިންޓް 109 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކްލިޕަރސްެ ޕޯލް ޖޯޖްވަނީ 19 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ސަންސްގެ އިޝް ވައިންރައިޓްވަނީ 20 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އެން.ބީ.އޭ.ގެ ރެގިއުލަރ ސީޒަން މިހާރު ނިމުމަކާއި ގާތްވެފައިވާއިރު ސަންސްވަނީ ވެސްޓަރން ކޮންފަރެންސްގެ އެއްވަނަ މަގާމް ކަށަވަރު ކޮށްފައެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 137 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ބޮޖާން ބޮގްޑަނޮވިޗްވަނީ 27 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީފައެވެ. އަދި ތަންޑަރއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ޖޭލެން ހޯޑްއެވެ. މީގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭލެން ބްރައުން ވަނީ 25 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްގެ ޑިމާ ޑިރޯޒެންވަނީ 16 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 131 ޕޮއިންޓް 113 ޕޮއިންޓުން މެވްރިކްސް ކާމިޔާބުކޮށްފައިވާއިރު ބްރޫކްލިން ނެޓްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ.