ކުޅިވަރު

އެވަޓަން އަތުން ބާންލީއަށް މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީ އާއި އެވަޓަން ބައްދަލުކުރިމެޗ ބާންލީ އިން ކާމިޔާބުކޮށް ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބާންލީއިން ގިނަ އިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަންއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބާންލިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޭތަން ކޮލިންސްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން އެވަޓަންއިންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ. އަދި މިމެޗްގައި އެވަޓަންއަށް ލިބިގެންދިޔަ ދެވަނަ ޕެނަލްޓީ އާއެކު މެޗްގެ 41 ވަނަ މިނެޓްގައި ރިޗާލިސަންވަނީ އެވަޓަންއަށް ލީޑު ނަގާދީފައެވެ.

މިމެޗްގައި ބާންލީއިން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ ޖޭ ރޮޑްރިގޭޒްއެވެ. އަދި މިމެޗުން ބާންލީ މޮޅުވި ލަނޑު މެޗް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެވަޓަންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަހާދިނީ މެކްސްވެލް ކޯނެޓްއެވެ.

މިކާމިޔާބީއާއެކު ބާންލީއަށް މިހާރުވަނީ 29 މެޗުން 24 ޕޮއިންޓް ލިބިފައެވެ. އަދި މިހާރުވަނީ 18ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެވަޓަން މިމެޗުން ބަލިވުމުން 25 ޕޮއިންޓާއެކު 17 ވަނައިގާ އޮތް ނަމަވެސް 18 ވަނައިގާ އޮތް ބާންލީ އާއި ދެމެދު މިހާރުވަނީ އެންމެ ޕޮއިންތަކަށް ކުޑަވެފައެވެ.