ކުޅިވަރު

ފީފާއާ ދެކޮޅަށް ރަޝިޔާއިން ކުރި އެޕީލް އަނބުރާ ގެންގޮސްފި


ރަޝިޔާއިން ޔޫކްރެއިނަށް އެރުމާއި ގުޅިގެން ފީފާއިން އެޤައުމުގެ ޤައުމީ ޓީމުތަކާއި ކްލަބްތަށް ފީފާއިން ބާއްވާ ހުރިހާ މުބާރާތަކުން ސަސްޕެންޑް ކުރި ކުރުމާއި ދެކޮޅަށް ރަޝިޔާއިން ކުރި އެޕީލް އެޓީމުން އެނބުރާ ގެއްގޮސްފިއެވެ.

ފުޓްބޯލް ޔޫނިއަން އޮފް ރަޝިޔާއިން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށަހެޅި އެޕީލް އަނބުރާގެންދިޔަކަން ޔަގީން ކޮށްދީފައިވަނީ އެކޯޓުންނެވެ.

ރަޝިޔާ ވަނީ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕިއަން ސަރަހައްދުގެ ޕްލޭ އޮފް ސެމީފައިނަލްގައި ޕޯލަންޑާއި ބައްދަލުކުރާގޮތަށް ކުރިން ހަމަޖެހިފައެވެ. އަދި ފީފާއިން އެންމެ ފުރަތަމަ ނިންމީ ރަޝިއަށް ފެޑެރޭޝަންގެ ނަމުގައި އެޓީމަށް ޕްލޭ އޮފްގައި ވާދަކުރެވޭނެކަމަށެވެ. ނަމަވެސް އެހެން ޤައުމުތަކުން މިކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އަދި ޕޮލެންޑްއިން އެމެޗް ނުކުޅޭނެ ކަމަށް ބުނުމާއި އެކު ފީފާއިން ދެން ނިންމީ ރަޝިޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމުގެ ފިޔަވަޅު އެޅުމަށެވެ.

ރަޝިޔާއިން ފީފާއާއި ދެކޮޅަށް ކުރި އެޕީލް އަނބުރާ ގެންދިޔަ ނަމަވެސް އެހެން ފަރާތްތާކާއި ދެކޮޅަށް ކޮށްފައިވާ އެޕީލްތައް ކުރިއަށް ގެންދާނެކަމަށް ހަބަރު ލިބެއެވެ. މިގޮތުން ޔުއޭފާއިން ރަޝިޔާގެ ކްލަބްތަކާއި ޤައުމީ ޓީމްތައް ސަސްޕެންޑް ކުރި ކުރުމާއި ދެކޮޅަށް ކޮށްފައިވާ އެޕީލްތައް ކުރިއަށް ގެންދާނެކަމަށްވެއެވެ. އަދި ވަކިން ހާއްސަކޮށް ޔޫރޮޕާ ލީގުން ސްޕާޓަކް މޮސްކޯ ވަކިކުރި ކުރުމާއި ދެކޮޅަށް ރަޝިޔާގެ ފުޓްބޯލް ޔޫނިއަންއިން ކުރިއަށް ގެންދާ އެޕީލް އެގޮތުގައި ދަމަހެއްޓުމަށްވަނީ ނިންމާފައެވެ