ކުޅިވަރު

ސަންކުއިކް ލިލީ އާއި މީޓިއޯސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ސަންކުއިކް ލިލީ އާއި މީޓިއޯސް ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗު އައިބީއެސްއާއި ބައްދަލުކޮށް ސަންކުއިކްލިލީ ކާމިޔާބުކުރީ 33 ލަނޑުންއެވެ. ދެވަނަ މެޗް ސުގާ ކޯން އާއި ބައްދަލުކޮށް 7 ވިކެޓުން ކާމިޔާބުކުރީ މީޓިއޯސްއެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ސަންކުއިކް ލިލީ 8 އޯވަރު އެންމެ ކުޅުންތެރިއެއްވެސް ނުބައިނުވެ 140 ލަނޑުހެދިއެވެ. ސަންކުއިކް ލިލީއިން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ޔޫސް އަޒިޔާން އާއި 33 ލަނޑު ހެދި މުހަންމަދު ރިސްވާން އަދި 33 ލަނޑު ހެދި ހަސަން ހާޒިގްއެވެ. ޖަވާބުގައި އައިބީއެސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 117 ލަނޑެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ސުގަރ ކޯން ފުރަތަމަ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން 107 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ލަނޑު ހެދި އަހުމަދު އިކްރަމް އާއި 2 ވިކެޓް ނެގި ރައްސާމް ރަސީދުއެވެ. ޖަވާބުގައި މީޓިއޯސް ކުޅެންއަރާ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 108 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އިބްރާހިމް އަލީ އާއި 20 ލަނޑު ހެދި އަލީ ސުނާންއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ މެޗުތައް މާދަމާ ވެސް ކުޅޭނެއެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަވާލިޔާ އާއި ކިންޒާ ކެފޭއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އާއި ގަލޮޅު ކަންމަތިއެވެ.