ވިޔަފާރި

ބާޒާރުގައި މަހުގެ އަގު ދަށަށް!


މާލޭ މަސް މާރުކޭޓުގައި މަހުގެ އަގު ދަށަށް ހިނގައްޖެއެވެ.

މާރުކޭޓުގައި ކަނޑުމަހުގެ އަގު މިއަދު ހުރީ ކިލޯއެއް 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ފާއިތުވި ދެ ދުވަހު ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 60 ރުފިޔާއިން މަތީގައެވެ.

މިއަދު މާރުކޭޓުގައި ކަންނެލި މަސްވެސް ތިޔާގިއެވެ. ކަންނެލި މަސް ކިލޯއެއްގެ އަގު މިއަދު ހުރީ ކިލޯއެއް 45ރ އަށެވެ. އިއްޔެ މާރުކޭޓުގައި ކަންނެލި ކިލޯއެއްގެ އަގު ހުރީ 65ރ އާއި 80ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.

މިއަދު ބާޒާރުގައި ފަރުމަހުގެ ބާވަތްތައްވެސް ތިޔާގިއެވެ، އެގޮތުން ހިބަރު ބުރި އެއް 20ރ، ރަތް މަހެއް 100ރ، ގިނި މަހެއް 50ރ އަށް 40ރ އަށް ލިބެން ހުރި އިރު 250ރއަށް ފާނަ ލިބެން އެބަހުއްޓެވެ.

މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ލަފާކުރާގޮތުގައި ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މަހުގެ އަގުތައް މިހާރަށްވުރެ ހެޔޮވެގެންދާނެއެވެ.