ކުޅިވަރު

ކިންގްސް އަތުން ވޮރިއާސް މޮޅުވެއްޖެ


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބު ކޮށްފައިވަނީ 109 ޕޮއިންޓް 90 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްގެ ނެމެންޖާ ބީޖެލިކާ ވަނީ 19 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ކިންގްސްގެ ހެރިސަން ބާރންސްވަނީ 18 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑަރއެވެ. މިމެޗްގައި ތަންޑަރގެ އެލެކްސެއި ޕޮކުސޭވްސްކީ ވަނީ 17 ޕޮއިންޓް ހޯދާދީ 10 ރީބައުންދް ނަގާދީ 12 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ސަންސްގެ ކްރިސް ޕޯލްވަނީ 11 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން މައޭމީ ހީޓް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 114 ޕޮއިންތް 109 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ޓައިލަރ ހޭރޯވަނީ 18 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްގެ ޕަސްކާލް ސިއަކަމްވަނީ 29 ޕޮއިންޓް ހޯދަދީ 8 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 144 ޕޮއިންޓް 102 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ސެލްޜިކްސް މެޗް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ.

ޑެންވަރ ނަގެޓްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 118 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރިއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސްސަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސަރސްއެވެ.