ކުޅިވަރު

ޗެލްސީ ބަލިކޮށް ބްރެންޓްފޯޑުން އެންމެން ސިއްސުވާލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗް ބްރެންޓްފަޑްއިން ކާމިޔާބުކޮށް އެންމެން ސިއްސުވާލައިފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ބްރެންޓްފަޑް ކާމިޔާބުކުރީ ފަހަތުން އަރާ 4 ލަނޑު އެއްލަނޑުންނެވެ.

ދެތީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުަރަތަމަ ހާފްގައ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެންޓޯނިއޯ ރުޑިގަރއެވެ. ނަމަވެސް މިލަނޑު ޗެލްސީއިން ޖެހިތާ ދެމިނެޓްފަހުން ބްރެންޓްފަޑް އިންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިޓާލީ ޔަނެލްޓްއެވެ. އަދި މެޗްގެ 54 ވަނަ މިނެޓްގައި ބްރެންޓްފަޑްއަށް ލީޑު ނަގާދިނީ ވަރަށް ފަހުން އެޓީމާއި ގުޅުނު ޑެންމާކްގެ ކްރިސްޓިއަން އެރިކްސަންއެވެ. މިއީ އޭނާ ބްރެންޓްފަޑްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި ބްރެންތްފަޑްއިން މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނދުވެސް ކާމިޔާބުކޮށްދިން ޔަނެލްޓްއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ޔޮއާނޭ ވީސާއެވެ.

ގިނަ ބަޔަކަށް ހައިރާންކަން ގެނުވި މިކާމިޔާބީއާއެކު ބްރެންޓްފަޑް މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ 1939 ވަނަ އަހަރަށްފަހު ބްރެންޓްފަޑްއަށް ޗެލްސީގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިނާކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ 29 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.