ކުޅިވަރު

ވަޓްފޯޑް ބަލިކޮށް ލިވަޕޫލުން އުއްމީދު އާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ވޮޓްފަޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އެރުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާދިނީ ޑިއޮގޯ ޖޮޓާ. މިއީ އޭނާ ލިވަޕޫލަށް މިސީޒަންގައި ކާމިޔާބުކޮށްދިން 20 ވަނަ ލަނޑެވެ. އަދި ލިވަޕޫލުން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނދު މެޗްގެ 89 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ. މިމެޗްގައި ވޮޓްފަޑްއަށްވެސް ލަނދު ޖަހާނެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ލިވަޕޫލުން މިމެޗްގެ ލީޑު ނެގުމުގެ ކުޑައިރު ކޮޅެއް ކުރިން އެޓީމްގެ ކީޕަރ އެލިސަން ބެކަރވަނީ ވޮޓްފަޑްގެ ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށް މިހާރުވަނީ 30 މެޗުން 72 ޕޮއިންޓް ލިބިފައެވެ. އަދި އިއްޔެ ލިވަޕޫލް މެޗް ކުޅުނު އިރު މެންޗެސްޓަރ ސިޓީގެ މެޗް ކުޅެފައި ނުވާތީ ވަގުތީ ގޮތުން ތާވަލްގެ އެއްވަނަ މަގާމް ލިވަޕޫލަށް ލިބިގެންދިޔައެވެ. ނަމަވެސް ސިޓީއިން އެތީމްގެ މެޗް ކާމިޔާބު ކުރުމާއެކު ތާވަލްގެ ދެވަނައަށް މިހާރުވަނީ ލިވަޕޫލް އަލުން ގޮސްފައެވެ. މިއަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހު ލިވަޕޫލް އޮތީ ސިޓީއަށް ވުރެ 14 ޕޮއިންޓް ފަހަތުގައެވެ. ނަމަވެސް ޖެހިޖެހިގެން 10 މެޗް ކާމިޔާބު ކުރުމާއެކު ލިވަޕޫލްއިން މިވަނީ ސިޓީއާއި ދެމެދުގައި ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފައެވެ. އަދި މިއަންނަ އާދީއްތަ ދުވަހު ސިޓީގެ ދަނޑުގައި މިދެތީމް ބައްދަލުކުރާ މެޗުން މޮޅުވެގެން ތަވަލްގެ އެއްވަނައިގާ ފައިހަރުކޮށްލުމުގެ ފުރުސަތު ލިވަޕޫލަށް މިހާރު މިވަނީ ހުޅުވިގެން ގޮސްފައެވެ. އިއްޔެ ނާކާމިޔާބީއާއެކު ވޮޓްފަޑް އުޅެނީ 30 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.