ކުޅިވަރު

ވޯލްޑް ކަޕުގައި ސްޕެއިން އާއި ޖަރުމަނުގެ ކުރިމަތިލުމެއް


މިއަހަރުގެ ފަހު ކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ދޯހާގައި ރޭ ބައްވައިފިއެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްދިޔަ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ދޯހާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.

އެކްތަރ އިދްރީސް އެލްބާ އާއި ސްޕޯޓްސް ބްރޯޑްކާސްޓަރ ރޭޝްމިން ޗައުދަރީ ހުށަހަޅާދިން މިރަސްމިއްޔާތުގައި ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމު އަށް ގްރޫޕަކަށް ބަހާލެވިގެންދިޔައެވެ. މިފަހަރުގެ ގުރުއަތުލުމުގައި އެންމެ ފާހަގަ ކޮށްލެވޭ ކުރިމަތިލުމަކަށް ފެނިގެންދާނީ ގްރޫޕް އީގައި ސްޕެއިން އާއި ޖަރުމަނުވިލާތުގެ ކުރިމަތިލުމެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޖަޕާން އަދި ކޮސްޓަރީކާ އާއި ނިއުޒީލަންޑްގެ މެދުގައި ކުޅޭ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ.

ގުރުއަތުލުމުން ޓީމުތަށް ބެހިފައިވާގޮތަށް ބަލާލާއިރު ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ގަތަރާއި އެކުއެޑޯ، ސެނެގާލް އަދި ނެދަލަންޑްސްއެވެ. ގްރޫޕް ބީގައި އިންގްލަންޑާއި އީރާން އަދި އެމެރިކާ ހިމެނޭއިރު ހަތަރު ވަނަ ތީމެއް ކަށަވަރުވެގެންދާނީ ސްކޮޓްލަންޑައި ޔޫކްރެއިންގެ މެދުން މޮޅުވާ ޓީމަކާއި ވޭލްސްގެ މެދުގައި ކޫޅޭ ޕްލޭ އޮފް ފައިނަލް މެޗަށްފަހުއެވެ. އެހެންކަމުން ވޭލްސް ނުވަތަ ސްކޯޓްލަންޑާއި އެގްރޫޕެއްގައި އިންގްލަންޑް ހިމެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ. ގްރޫޕް ސީގައި އާޖެންޓީނާ އާއެކު ދެން ހިމެނެނީ ސައުދީ އަރަބިއާ، މެކްސިކޯ އަދި ޕޯލަންޑެވެ. ގްރޫޕް ޑީގައި އެންމެފަހުގެ ޗެމްޕިއަން ފަރަންސޭސިވިލާތާއި އެކު ހިމެނެނީ ޑެންމާކް، ޓީއުނިޝިއާއެވެ. އަދި ހަތަރު ވަނަ ޓީމެއް ކަށަވަރުވާނީ ޔޫއޭއީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ތީމަކާއި ޕެރޫ ބައްދަލުކުރާ މެޗަށްފަހުއެވެ. ގްރޫޕް އެފްގައި ހިމެނެނީ ބެލްޖިއަމް، ކެނެޑާ، މޮރޮކޯ އަދި ކްރޮއޭޝިއާއެވެ. ގްރޫޕް ޖީގައި ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް އަލުން އަޜާފައިވާ ބްރެޒިލް އާއެކު ހިމެނެނީ ސަރބިއާ، ސްވިތްޒަލަންޑް އަދި ކެމެރޫންއެވެ. އަދި ފަހު ގްރޫޕް ކަމަށްވާ ގްރޫޕް އެޗްގައި ހިމެނެނީ ޕޯޗުގަލް، ގާނާ، ޔުރުގުއާއި އަދި ދެކުނު ކޮރެއާއެވެ. މިގްރޫޕްގައި ގާނާ އާއި ޔުރުގުއާއީގެ ކުރިމަތިލުމަކީ ފޯގިގަދަ ވެގެން ދާނެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރެއެވެ. މިދެޓީމް 2010 ވަނަ އަހަރުގެ މުބާރާތުގެ ކްއާޓަރ ފައިނަލްގައި ހިގާދިޔަ ކުރިމަތިލުން އަދިވެސް ގިނަ ބަޔަކު ހަނދާން ހުރެއެވެ. އެމެޗްގައި ޔުރުގުއާއީގެ ލުއިސް ސުވަރޭޒްވަނީ އެންމެ ފަހު ވަގުތު ގޯލް ރޮނގުމަތިން ބޯޅައިގާ އަތްލުމުގެ ހާދިސާއަކީ ގާނާގެ ހިތުން ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ.

ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވާރލްޑް ކަޕްގެ ފުރަތަމަ މެޗެއްގެ ގޮތުގައި ފީފާގެ މެޗް ޝެޑިއުލްގައި ފާހަގަ ކޮށްފައިވަނީ ޤަތަރާއި އެކުއެޑޯ ބައްދަލުކުރާ މެޗެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަލް ބޭތު ސްޓޭޑިއަމްގައެވެ. އެހެން ފަހަރު ތަކުގެ މުބާރާތާއި ހިލާފަށް މިފަހަރުގެ މުބާރާތުގެ ފުރަތަމަ ދުބަހު އިތުރު ތިން މެޗް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ދުވަހުގެ އެހެން ކުރިމަތިލުން ތަކަށް ބަލާލާއިރު އިންގްލަންޑާއި އީޜާން ޚަލިފާ އިންޓަރނޭޝަނަލް ސްޓެޑިއަމްގައި ކުޅޭ މެޗާއި ސެނެގާލް އާއި ނެދަލަންޑްސް އަލް ތުމާމާ ސްޓެޑިއަމްގައި ވާދަކުރާ މެޗްގެއިތުރުން އެމެރިކާ އާއި ޔޫރޯ ޕްލޭ އޮފުން ހޮވޭ ޓީމެއް އަހްމަދު ބިން އަލީ ސްޓެޑިއަމްގައި ވާދަކުރާ މެޗް ހިމެނެއެވެ. މިފަހަރުގެ ގްރޫޕް މަރްހަލާ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ނިމޭއިރު ފައިނަލް މެޗް ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ލުސައިލް ސްޓެޑިަމްގައެވެ.

2000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ރޭގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މިފަހަރުގެ މުބާރާތުގެ އޮފިޝަލް މެސްކޮޓް ލައީބް އާންމުކޮށް ދައްކާލުމުގެ އިތުރުން މުވާރާތުގެ އޮފިޝަލް ލަވަ ކަމަށްވާ ހައްޔާ ހައްޔާ، ބެތަރ ޓުގެދަރ ލޯންޗް ކުރުން އޮތެވެ.