ކުޅިވަރު

ބަކްސްއިން ފިލަޑެލްފިއާގެ މައްޗަށް ކުރިހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފިއެވެ.
މިމެޗް ބަކްސް ކާމިޔާބުކުރީ 118 ޕޮއިންޓް 116 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 40 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދި 6 އެސިސްޓް ކޮށްފައެވެ. ސިކްސަރސްއަށް ބަލާލާއިރު ޖޮއެލް އެމްބިޑްވަނީ 29 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދޫ 7 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ޝިކާގޯ ބުލްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 107 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. މިމެޗްގައި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ޑިމާ ޑިރޯޒަންއެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ކްރިސްޓަޕްސް ޕޯޒިންގީސްއެވެ. މީގެއިތުރުން ބްރޫކްލިން ނެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 123 ޕޮއިންޓުން ކޟާިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ ކެވިން ޑުރާންޓްވަނީ 41 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ކޭޑް ކަނިންގހަމްވަނީ 34 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ.
އަދި ޑެލަސް މެވްރިކްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 110 ޕޮއިންޓުން މެވްރިކްސް ކާމިޔާބުކުރިއިރު ލޮސް އެންޖަލިސް ކްލިޕަރސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 121 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ.