ކުޅިވަރު

އުތުރާއި ދެކުނުގައިވެސް އެއް ނަތީޖާއެއް


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި މިއަދު އުތުރާއި ދެކުނުގައިވެސް އެއް ނަތީޖާއަކުން މެޗު ނިމިއްޖެއެވެ. ކުޅުދުއްފުށީގައި ކުޅުނު މެޗު ހަތަރެއް އެކަކުން ކާމިޔާބުކުރީ އޭދަފުށްޓެވެ. އެއީ ނޮޅިވަރަމްއާއި ވާދަކޮށް 4-1 ނެވެ. މިމޮޅާއެކު އޭދަފުއްޓަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. މިގްރޫޕްގައި މާދަމާ ވާދަކުރާނީ ފޯކައިދޫއާއި މާމިގިއްޔެވެ.އައްޑޫ ސިޓީގައި ކުޅުނު މެޗު ކެޔޮދޫ ޓީމާއި ވާދަކޮށް ހަތަރެއް އެކަކުން ކާމިޔާބުކުރީ ފަރެސްމާތޮޑާ ޓީމެވެ. މިނަތީޖާޔާއެކު ފަރެސްމާތޮޑާއަށްވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. އައްޑޫ ސިޓީގައި މާދަމާ ވާދަކުރާނީ ލ.ގަމާއި ސ.ފޭދޫ ޓީމެވެ.މުބާރާތުގެ ސެމީފައިނަލް ދެމެޗާއި ތިންވަނަ ހޮވާ މެޗު އަދި ފައިނަލް މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ.