އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އޯލާންޑޯ މެޖިކް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރިމެޗް މެޖިކް ކާމިޔާބުކޮށްފިއެވެ.
މި މެޗު މެޖިކުން ކާމިޔާބުކުރީ 94 ޕޮއިންޓް 90 ޕޮއިންޓުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެޖިކުގެ ވެންޑެލް ކާޓާ ޖޫނިއާ ވަނީ 19 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާފައެވެ. އަދި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޖޯޑަން ޕޫލްއެވެ. މި މެޗުގައި ވޮރިއާސްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ސްޓެފަން ކަރީ ނެތް ތަން ވަރަށް ބޮޑަށް ދެއްކިއެވެ.
މި މުބާރާތުގައި މިލްވައުކީ ބަކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 126 ޕޮއިންތް 98 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.
މި މެޗުގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 25 ޕޮއިންޓް ހޯދާދީ 17 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްގެ ނިކޮލާ ވޫސެވިޗް ވަނީ 22 ޕޮއިންތް ހޯދާދީ 7 ރީބައުންޑް ނަގާދި 2 އެސިސްޓް ކޮށްފައެވެ.
މީގެ އިތުރުން އެތްލާންޓާ ހޯކްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބު ކުރީ ހޯކްސްއެވެ.
މި މެޗުގައި ހީކްސްފެ ތްރެއި ޔަންގ ވަނީ 45 ޕޮއިންޓް ހޯދާދީ 1 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ނިކްސްގެ އާރްޖޭ ބެރެޓު ވަނީ 30 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.