ކުޅިވަރު

މައޭމީ ހީޓްގެ މައްޗަށް ސިކްސާސް ކުރިހޯދައިފި


އެންބީއޭ ބާސްކެޓު ލީގުގައި މައޭމީ ހީޓްގެ މައްޗަށް ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އިން ކުރިހޯދައިފިއެވެ.

މިމެޗް ސިކްސާސް ކާމިޔާބު ކުރީ 113 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސިކްސާސްގެ ޓައިރީސް މެކްސީވަނީ 28 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޖިމީ ބަޓްލާއެެވެ.

މި މުބާރާތުގައި ޝިކާގޯ ބުލްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 113 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. މިމެޗްގައި ބުލްސްގެ ޒެކް ލެވީން ވަނީ 26 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ.

ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓު ހޯދާދީ 6 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ފްރެޑް ވެންވްލީޓުއެވެ. މީގެއިތުރުން ބްރޫކްލިން ނެޓްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 114 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ.

ނެޓްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 8 އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ޑޮނޮވަން މިޝޭލްއެވެ.