ކުޅިވަރު

ބާސްކެޓް ޓީމް ސައުތް އޭޝިއަން ގޭމްސްއަށްދާނެ


ސައުތް އޭޝިއަން ގޭމްސްގައި ބާސްކެޓްބޯޅަ ޓީމް ވާދަކުރާނެކަމަށް އެސޯސިއޭޝަނުން ބުނެފިއެވެ. ޖެނެރަލްސެކެޓްރީ އާރިފް ރިޒާ ވިދާޅުވީ ބާސްކެޓް ފިރިހެން ޓީމް ގޭމްސްއަށްދާނެކަން ޔަޤީންކަމަށާއި، އެމަގު ފަހިކޮށްދެއްވީ ސަރުކާރުންކަމަށެވެ. ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށް ފޮނުވާނެ ކުޅިވަރުތައް ކަނޑައެޅިއިރު ބާސްކެޓް ހިމެނިފައި ނެތުމުން ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ ބާސްކެޓުންވެސް މުބާރާތަށް ވަމުން އަންނަ ތައްޔާރީއާއި ހާޞިލްކުރެވޭނެ ނަތީޖާއާއި، ވެދިޔަ ތަނުގައި ހާޞިލްކުރެވުނު ނަތީޖާތައް ބަޔާންކޮށް ހުށައެޅުމުން ދެވަނަ ވިސްނުމަކަށްދާނެކަމަށެވެ. ނަމަވެސް ބާސްކެޓް ޓީމް ގޭމްސްއަށް ދަނީ ކުޅިވަރުގެ ޤައުމީ މަޖިލީހުން ކަނޑައެޅި ކުޅިވަރުތަކުގެ ތެރޭގައި ހިމެނިގެންކަމެއް ނުވަތަ އެނޫން އެހެން ގޮތްގޮތުން ސަރުކާރުގެ ތެރެއިން އެހީލިބިގެންކަން ޔަޤީނެއްނޫނެވެ. " ބާސްކެޓް ޓީމް ގޭމްސްއަށްދާނެ. އެކަން ޔަޤީން. ބާސްކެޓް ޓީމް ގޭމްސްއަށްދަނީ ސަރުކާރުގެ އެހީގައި. ސަރުކާރުން އެމަގު ފަހިކޮށްދެއްވަނީ " އާރިފް ވިދާޅުވިއެވެ.ބާސްކެޓް ޓީމަކީ އެންމެ ދުރާލާ ގޭމްސްއަށް ތައްޔާރުވާން ފެށި އެއްޓީމެވެ.