ޚަބަރު

އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ ތައުބީނުގެ ޖަލްސާ


ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި ތައުބީނުގެ ޖަލްސާއެއް ބާއްވައިފިއެވެ.މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފައިވެއެވެ. މިރޭގެ ޖަލްސާގައި، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ހަނދާނުގައި "ފަނޑުވުމެއް ނެތް ހަނދާންތައް"، މިނަމުގައި ތައްޔާރުކޮށްފައިވާ ފޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރުއްވައިދެއްވާފައެވެ. އަދި، މިފޮތާއި އެކު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބޭއްވި ތަޢުޒިޔާގެ ފޮތް، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވެދުން ކުރެއްވިއެވެ.މި ޖަލްސާގާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްއާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސެއިންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދުއާއި، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ޢާއިލާގެ ފަރާތުން އަލްފާޟިލް ޠާރިޤް އިބްރާހިމް ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.